Advertisement

އާއިލާގެ ފަރާތްތަކަށް މަގާމު ދިނުމުގެ ސަބަބުން މިނިވަން އެއްވެސް މުއައްސަސާއެއް ނެތް: ޑރ.އަހުމަދު ޝަހީދު

16 Jul 2020 | 21:54

އާއިލާ އަދި ގާތް ތިމާގެ ފަރާތްތަކަށް މަގާމު ދިނުމުގެ ސަބަބުން ދިވެހިރާއްޖޭގައި ހަގީގަތުގައި މިނިވަން އެއްވެސް މުއައްސަސާއެއް ނެތްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

އދ.ގެ ސްޕެޝަލް ރެޕޮޓުއަރ އޮން ފްރީޑަމް އޮފް ރިލީޖަން އޯރ ބިލީފްގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ޑރ.ޝަހީދު މިފަދައިން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.

އެބޭފުޅާ ވިދާޅުވީ މިއަދުގެ ސަރުކާރަކީ ގާތްތިމާގެ ފަރާތްތަކާއި ރަހުމަތްތެރިންނަށް މަގާމު ދިނުމާއި ކޮރަޕްޝަންގެ ހަޑި އަމަލުތައް ހިންގަމުންދާ ތަނެއްކަމަށެވެ. އަދި އާއިލާގެ ފަރާތްތަކަށް މަގާމުތައް ދިނުމުގެ ސަބަބުން މިއަދު ހަގީގަތުގައި އެއްވެސް މިނިވަން މުއައްސަސާއެއްވެސް ނެތްކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

ޑރ.ޝަހީދު ވަނީ މިސަރުކާރުގެ ފަރާތުން މީގެ ކުރިން ނުފެންނަ މިންވަރަކަށް ކުށްތަކަށް ފިޔަވަޅު ނޭޅި ދިއުމާއި ނާގާބިލްކަން ފެންނަމުންދާކަމަށް ފާހަގަކުރައްވާފައެވެ. 

އަދި މިފަދައިން އަމަލުކުރަމުން ދިއުމުގެ ސަބަބުން ދީނީގޮތުން ހަރުކަށި ވިސްނުންތައް ގެންގުޅޭ ފަރާތްތައް އިންތިޚާބުވުމަށާއި ނުވަތަ އެނޫންވެސް ގޮތަކުން ވެރިކަމާއި ހަވާލުވުމަށް ސަރުކާރުން ނޭނގިހުރެ މަގު ކޮށައިދެމުންދާކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ޑރ.ޝަހީދު ދަނީ ފަހަކަށް އައިސް މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

Advertisement

ކޮމެންޓް

Advertisement