19 Jul 2020 | 10:12
ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ މިންވަރު ދަނީ އިތުރުވަމުން: އެޗްޕީއޭ

ދިވެހިރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ މިންވަރު ފާއިތުވެދިޔަ ދުވަސްތަކާއި އަޅާބަލާއިރު އަނެއްކާވެސް އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން (އެޗްޕީއޭ)އިން ބުނެފިއެވެ.

މިކަން ހާމަވެފައިވަނީ އެޗްޕީއޭއިން ރޭ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުންނެވެ.

އެޗްޕީއޭއިން ބުނީ މިމަހުގެ 8 ވަނަ ދުވަހާއި 14 ވަނަ ދުވަހާއި ދެމެދު ފްލޫ ކްލިނިކްތަކުން ޖުމްލަ 891 ސާމްޕަލް ނެގިފައިވާކަމަށެވެ. މީގެ ތެރެއިން 76 ސާމްޕަލް ނުވަތަ 9 އިންސައްތަ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއީ ޕޮޒިޓިވްވާ މިންވަރުގެ އިތުރުވުމެއްކަމަށް އެފަރާތުން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނިގޮތުގައި ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރިނަމަ ފްލޫ ކްލިނިކަށް ދިއުމަކީ މުހިންމު ކަމެކެވެ.

އެ އިދާރާއިން ބުނިގޮތުގައި ކޭސްތަކުގެ ޑަބަލިންގ ޓައިމްވެސް ވަނީ ކުޑަވެފައެވެ. ޑަބަލިންގ ޓައިމަކީ ކޭސްތައް މިހާރު ހުރި އަދަދުން ދެގުނަ ވުމަށް ނަގާ ދުވަސްތަކުގެ އަދަދެވެ. އެގޮތުން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވެދިޔަ ތިން ހަފްތާގައި ޑަބަލިންގ ޓައިމް ވަނީ ތިން ގުނަ ދަށްވެފައެވެ. ޖޫން މަހުގެ 24-30 އަށް މި އަދަދު 116ގައި ހުރިއިރު، ޖުލައިމަހުގެ 8-14 އަށް މި އަދަދު ހުރީ 39 ދުވަހުގައެވެ.

މިކަމުގެ މާނައަކީ މިދިޔަ ތިން ހަފްތާއާއި އަޅާބަލާއިރު ބަލި ފެތުރޭ މިންވަރު އިތުރުވެގެން ދިއުމެވެ. 

އެޗްޕީއޭއިން އިތުރަށް ބުނިގޮތުގައި ޖުލައި މަހުގެ 8-14 ވަނަ ދުވަހުގެ ހަފްތާގައި ފެނުނު 300 ކޭސްގެ ތެރެއިން 91 ކޭސް ނުވަތަ 30 އިންސައްތަ ކޭސްތަކަކީ އެއްވެސް ކްލަސްޓަރއަކާއި ގުޅުމެއް ނެތް ކޭސްތަކެކެވެ. މިފަދައިން އިންޑެޕެންޑެންޓް ކޭސްތައް ގިނަވުމަކީ ބޮޑު ކޮމިއުނިޓީ ސްޕެރެޑެއް އޮތްކަމުގެ ހެއްކެއްކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އަދި ހަމަ އެ ހަފްތާއަކީ 17 އިންސައްތައިގައި، މި ބައްޔާއި ގުޅިގެން ހޮސްޕިޓަލްގެ އެނދުތައް އެންމެ ގިނައިން ބޭނުން ކުރެވުނު ހަފްތާއެވެ. އެޗްޕީއޭއިން ބުނިގޮތުގައި އުމުރުން 60 އަހަރުން މަތިން ޕޮޒިޓިވްވާ މީހުންނާއި، އެހެން ޚާއްސަ ސިއްހީ ހާލަތުތައް ހުންނަ ހުންނަ މީހުން ޕޮޒިޓިވްވުމުން އެނދުމަތިކުރެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ
17 Sep 2026
އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
ނޫމާން މީގެ ކުރިން ހުރީ އުރީދޫ މޯލްޑިވްސްގެ ފިންޓެކް އެންޑް ޕާޓްނާޝިޕް މަގާމުގައެވެ. އޭނާ ވަނީ ރާއްޖެއަށް އިންޓަނެޓް ބޭނުންނުކޮށް ފޭސްބުކް ބޭނުންކުރެވޭ ޚިދުމަތެއް ތަޢާރަފުކުރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
17 Sep 2026
ވަރލްޑްކަޕް އެންޑް ފެސްޓިވަލް: ރާއްޖެ ފްރާންސް ހިމެނޭ ގްރޫޕްގައި
ފްރާންސަކީ ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުން، ރާއްޖެ ހިމެނިފައިވަނީ ވަރަށް ވާދަވެރި ގްރޫޕެއްގައިކަން ފާހަގަކޮށްލެވެއެވެ
17 Sep 2026
ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި
އެގޮތުން ބޯޑަށް އައްޔަނުކޮށްފައިވަނީ ގއ. ވިލިނގިލީ ވިޜަން، ބުޝްރީ މުޙައްމަދު އާއި ގއ. ނިލަންދޫ ވައިޓްވިލާ، ނާޞިޙް އިބްރާހިމް އެވެ..
17 Sep 2026
ޔާމީނާއި ދެކޮޅަށް އޮތް ދެ މައްސަލަ މި މަހުގެ ފަހުކޮޅަށް ތާވަަލުކޮށްފި
މި ދެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުގެންދާތާ މަސްތަކެއް ވެއްޖެ އެވެ. ކްރިމިނަލް ކޯޓުން ބުނީ ފުއްގިރި ކުއްޔަށް ދިނުމުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯޑަރިންގެ ދައުވާއާ ގުޅިގެން އަޑުއެހުމެއް މި މަހުގެ 23 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.