ޗައިނާ
31 Mar 2024
ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައް ފަށައިފި
ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރުމަށް ހަވާލު ކުރި ކުންފުނިން އެ މަސައްކަތް ފަށައިފިއެވެ.
28 Mar 2024
ޗައިނާ ސަރުކާރުން ރާއްޖެއަށް 10 އުޅަނދު ހަދިޔާ ކުރައްވައިފި
ޗައިނާ ސަރުކާރުން ރާއްޖެއަށް 10 އުޅަނދު ހަދިޔާ ކުރައްވައިފިއެވެ. ޗައިނާގެ ޝަންޑޮންގ ޕްރޮވިންސުގެ ފަރާތުން ހަދިޔާ ކުރެއްވި 10 އުޅަނދު ހަވާލުކުރެއްވީ، ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިންއެވެ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް، ޕަބްލިކް ވަރކްސްގެ ފަރާތުން މި ހަދިޔަލާއި ހަވާލުވެލެއްވީ، މިނިސްޓަރ އާދަމް ޝަރީފެވެ.
26 Mar 2024
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ހަދަނީ!
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތަކެއް ހަދައިދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.
21 Mar 2024
ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އެއްބަސްވެއްޖެ
ދިވެހި ސަރުކާރުގެ ފަރާތުން،ތިމާވެށި ހިމާޔަތްކުރުމާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިންގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ އާއި ޗައިނާޓިޔަންގޔިންގ އިންކް، (ސީ.އެން.ޓީ.ވައި) އާ އެކު، 2 އަހަރު ދުވަހުގެ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
20 Mar 2024
ސިނަމާލެ ބްރިޖް ގެ މެއިންޓެނެންސް މަސައްކަތް ޗައިނާގެ ކުންފުންޏަކަށް
ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރުމަށް ތިން އަހަރަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
05 Mar 2024
އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެ އަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ޗައިނާ އާއި އެކު ސޮއިކޮށްފިއެވެ.
27 Feb 2024
ޗައިނާއިން ލީޑްކުރާ ދުނިޔެއެއްގައި އަހަރެމެން އުޅޭކަށް ބޭނުމެއްނޫން
ޗައިނާ ސުޕަޕަވަރެއްގެ ގޮތުގައި ލީޑްކުރާ ދުނިޔޭގައި އެމެރިކާއިން އުޅެންބޭނުންނުވާކަމުގައި އެމެރިކާއިން ނޭޓޯއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ނިކޮލަސް ބާންސް ވިދާޅުވެއްޖެއެވެ. އެމެރިކާގެ ޓީވީ ނެޓްވާކެއްކަމުގައިވާ ސީބީއެސްއެންގެ 60 މިނިޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބާންސް ވިދާޅުވީ މިހާރާއި ކުރީގެ ފިނި ހަނގުރާމައާއި ބަލާއިރު އޭރު ސޮވިއެޓް ޔުނިއަންގައި ބާރުގަދަ އަސްކަރީ ފައުޖަކާއި ނިއުކްލިއަރ ހަތިޔާރު ހުރި ނަމަވެސް ސޮވިއެޓްޔުނިއަނަކީ އޭރު އިގްތިސާދީ ގޮތުން އެމެރިކާއާއި ވާދަކުރެވޭ ވަރަށްވުރެ ބަލިކަށި ގައުމެއް ކަމަށެވެ.
25 Feb 2024
ޗައިނާއިން ރާއްޖެއަށް ބައި ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ބައި ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.