ޗައިނާ
26 May 2024
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފިޔާ ބަހަނީ
ހިޔާ ފްލެޓުތަކުގައި، މި ވަގުތު ބަހަމުން ދަނީ، ޗައިނާގެ ޗެމްބަ އޮފް ކޮމާސް އިން ހަދިޔާކޮށްފައިވާ 44 ޓަނުގެ ފިޔަ އެވެ. ފިޔާ ބެހުމުގެ މަސައްކަތާ ހަވާލުވެ، އެ މަސައްކަތް ކުރަމުންދަނީ، 'ދަ ކޮމޮނަރސް' އެންޖީއޯގެ ފަރައިތުންނެވެ. އެ ޖަމިއްޔާއިން ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެޗްޑީސީ އާއި، އެސްޓީއޯ އަދި ޗައިނާ އެމްބަސީ ގުޅިގެންނެވެ.
23 May 2024
ޗައިނާ އިން ރާއްޖެއަށް 1,500 ޓަނުގެ ފެން ހަދިޔާކޮށްފި
ޗައިނާ އިން ރާއްްޖެއަށް 1,500 ޓަނުގެ ފެން ހަދިޔާކޮށްފި އެވެ. މިއަދު ރާއްޖޭގެ ޚާރިޖީ ވުޒާރާގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖެއަށް ފެން ހަދިޔާކުރި ކަމުގެ ލިޔުން ޚާރިޖީ ވަޒީރު މޫސާ ޒަމީރުއާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލީ ޖިން އެވެ.
22 May 2024
ވިލިމާލޭ އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ ސަރވޭގެ އެއްބަސްވުމުގައި ސޮއިކޮށްފި
ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލާގުޅޭ ފީސިބިލިޓީ ސްޓަޑީއާއި ދިރާސާތައް ހެދުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފިއެވެ.
22 May 2024
ޗައިނާ އާއި އިންޑިއާއާއެކު ކުރެވޭ މަސައްކަތްތަކުން ޑޮލަރުގެ ޑިމާންޑް ދަށްވާނެ‏⁦
ޗައިނާ އާއި އިންޑިއާ ސަރުކާރާއެކު ކުރައަންނަ މަސައްކަތްތަކުން ދިވެހި ރުފިޔާގެ އަގު ވަރުގަދަކުރެވޭނެ ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
17 May 2024
ރާއްޖޭގެ ދަރަނި އިތުރަށް ބޮޑުވާކަށް ނޭދެން، އިސްކަން ދެނީ ހިލޭ އެހީއަށް
ރާއްޖޭގެ ދަރަނި އިތުރަށް ބޮޑުވިޔަ ނުދީ ހިލޭ އެހީ ފޯރުކޮށްދިނުމަށް އިސްކަންދެއްވާނެ ކަަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވޭންގް ލިޒިން މިއަދު ވިދާޅުވެއްޖެ އެވެ.
16 May 2024
ޗައިނާއިން ރާއްޖެއަށް ލައްކައެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފި!
މި އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހާއި ހިސާބަށް ޗައިނާ އިން ރާއްޖެ އަށް ލައްކަ އަކާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
14 May 2024
އައިޓީބީ ޗައިނާ 2024 ގެ އޮފިޝަލް ޕާޓްނަރ މަންޒިލަކަށް ރާއްޖެ
މި މަހުގެ 27 އިން 29 އަށް ޗައިނާގެ ޝަންހާއީގައި ބާއްވާ އައިޓީބީ ޗައިނާ 2024 ގެ އޮފިޝަލް ޕާޓްނަރ މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ ކަނޑައެޅިކަން އައިޓީބީ ޗައިނާއިން އިއުލާންކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި ޝޯގެ ތެރެއިން އެމްއެމްޕީއާރުސީއިން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށްތަފާތު އެކިއެކި ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެގޮތުން އައިޓީބީ ޗައިނާގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވެސް ދިވެހިރާއްޖޭގެ ޘަޤާފަތާއި ތަރިކަ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފޯރުކޮށްދެވޭނެއެވެ.
12 May 2024
އިންޑިއާ ކަނޑުގެ ކަންކަމަށް ޗައިނާއަށް ހާއްސަ ދައުރެއް ނެތް: ނަޝީދު
އިންޑިއާ ކަނޑާއި ގުޅޭ ކަންކަމާއި ގުޅޭ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ދައުރު ޗައިނާއަށް ނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.