ގއ. އަތޮޅު
29 Aug 2023
"21 ވަނަ ގަރުނު ރާއްޖޭގެ ވެރިކަމަށް ބޭނުންވަނީ ޢިލްމީ ބޭފުޅެއް"
ގުނަމުން މިދަނީ 21 ވަނަ ގަރުނު ކަމަށާއި 21 ވަނަ ގަރުނުގައި ދިވެހިރާއްޖޭގެ ވެރިކަމަށް ބޭނުންވަނީ އިލްމީ ބޭފުޅެއްކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
29 Aug 2023
"ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއް ހިނގާނީ ރައީސް ޔާމީނުގެ ލަފާފުޅާއި އެއްގޮތަށް"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް-ޕީއެންސީ ކޯލިޝަން) ގެ ވެރިކަމެއް ހިނގާނީ ޕީޕީއެމްެގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ލަފާފުޅާއި އިރުޝާދާއި އެއްގޮތަށްކަމަށް، އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
29 Aug 2023
ޕީޕީއެމް/ޕީއެންސީގެ ސަރުކާރު ވާނީ ހުރިހާ ޒުވާނުންގެ އަޑު އަހާ ސަރުކާރަކަށް: ޑރ މުއިއްޒު
ހަމަ އެކަނި ކޮންވެންޝަނަލް ކުޅިވަރުތަކަށް ގާއިމްކޮށްދޭ ވަސީލަތްތަކަކުން ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް ގާއިމްކޮށް ނުދެވޭނެކަމަށާއި ޕީޕީއެމް/ޕީއެންސީގެ ގެ ސަރުކާރެއް ވާނީ ހުރިހާ ޒުވާނުންގެވެސް އަޑު އަހާ ސަރުކާރެއްކަމުގައިކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
29 Aug 2023
"ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް ދެ އެއާޕޯޓް ތަރައްގީކުރާނަން"
10000 ޓުއަރިސްޓު އެނދު ހުވަދު އަތޮޅުގައި ތަރައްގީކުރައްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
29 Aug 2023
"ސުނާމީ ބޯހިޔާވަހިކަމުގެ މައްސަލަ ޔާމިނު ހައްލުކުރީ 100 ދުވަހުން"
ރައީސް ޔާމިނުގެ ވެރިކަމާއި ހަމަޔަށް އައިރު ސުނާމީގައި ހާލުގައި ޖެހި ގެދޮރަށް ބޭނުންވެފައި ތިބި ހުރިހާ ފަރާތްތަކަށް އެންމެ 100 ދުވަސްތެރޭ ބޯހިޔާވަހިކަން ފޯރުކޮށްދީ އެ މައްސަލައަށް ދާއިމީ ޙައްލުކޮށްދީފައިވާކަމަށް ޑރ ޝަހީމު ވިދާޅުވެއްޖެ އެވެ.
28 Aug 2023
ގެމަނަފުށީގައި ގިނަ މަޝްރޫއުތަކެއް ހިންގަން ޑރ މުއިއްޒު ވައުދުވެއްޖެ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަރުކާރެއްގައި ގެމަނަފުށީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
10 Aug 2023
"ކޮނޑޭގެ ބަނދަރު ބޮޑުކޮށްދޭނަން، ހައުސިން ޔުނިޓުތައް އަޅާނަން"
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ގއ ކޮނޑޭއަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވައިފި އެވެ.
10 Aug 2023
"ދެވަނަ ދައުރެއްގައި ދާންދޫ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރާނަން"
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ގއ ދާންދޫ ސިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފި އެވެ.