ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީީ)
30 Jan 2023
ސިވިލް ކޯޓުގެ ގާޒީ ފައްޔާޒުގެ ސުލޫކީ މައްސަލައެއް ބަލަނީ
ސިވިލް ކޯޓުގެ ގާޟީ އަލްއުސްތާޒު ފައްޔާޒް ޝާޠިރުގެ ސުލޫކީ މައްސަލައެއް ބެއްލެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭސްސީ) އިން ނިންމަވައިފިއެވެ.
03 Jan 2023
މިދިޔަ އަހަރު 4 ފަނޑިޔާރަކު ވަކިކޮށް 11 ފަނޑިޔާރުން އަލަށް ޢައްޔަން ކުރި
މިދިޔަ 2022 ވަނަ އަހަރުގެ ޖުޑިޝަލް ސާވިސް ކޮމިޝަނުން، 3 ފަނޑިޔާރަކު މަގާމުން ވަކިކޮށް 11 ފަނޑިޔާރުން އަލަށް މަގާމަށް އައްޔަން ކޮށްފައިވާ ކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.
27 Dec 2022
ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ
ސ.ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
20 Dec 2022
ފަނަރަ ކޯޓަކަށް އިސް މެޖިސްޓްރޭޓުން ހޯދަނީ
15 ކޯޓަކަށް އިސް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސަރވިސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފިއެވެ.
05 Dec 2022
އިތުރު ދެ މެޖިސްޓްރޭޓް އެއްގެ ސުލޫކީ މައްސަލަ ބަލަން ނިންމައިފި
މެޖިސްޓްރޭޓް އެއްގެ ސުލޫކީ މައްސަލަ ބެލުމުގެ ތެރެއިން އިތުރު ދެ މެޖިސްޓްރޭޓް އެއްގެ ސުލޫކީ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
04 Dec 2022
ދެ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށްފި
ދ. ކުޑަހުވަދޫ އަދި ށ. ފުނަދޫގައި ހުންނަ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރައްވައިފިއެވެ.
01 Dec 2022
ޖޭއެސްސީީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް ކުރެވުނު ކަންކަމުގެ ތަފްސީލް ދީފި
ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ މަސައްކަތުގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދެވުނު މަޝްވަރާއާއި، ކަމާގުޅޭގޮތުން ކުރެވުނު ދިރާސާގެ އަލީގައި "ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުން" މި ނަމުގައި އެކުލަވާލާފައިވާ ކަރުދާހެއް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފިއެވެ.
27 Nov 2022
ނޮޅިވަރަމް އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ބަލަނީ
ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.