ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީީ)
28 Aug 2023
ޝަރުޢީ ދާއިރާ ވަކި ކެޓަގަރީއަކަށް ހަދައި ހައުސިންގް ޔަގީން ކުރާނަން"
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒުގެ ވެރިކަމެއްގައި، ޖުޑިޝަރީ ދާއިރާއަކީ ވެސް ވަކި ކެޓަގަރީއެއްގެ ގޮތުގައި ހަމަޖައްސައި އެދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ބޯހިޔާވަހިކަން ޔަގީން ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
17 Aug 2023
"ކޯޓުތަކުގެ އިދާރީ ހިންގުން ޖޭއެސްސީ ދަށަށް ގެންދިޔައީ ގާނޫނާ ޚިލާފަށް"
ކޯޓުތަކުގެ އިދާރީ ހިންގުން ޖޭއެސްސީގެ ދަށަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީއާއި ޚިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު އިޞްލާޙުކޮށްގެން ކަމަށް، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
17 Aug 2023
ޖޭއެސްސީއަށް ޖުޑިޝަރީއެއް ނުހިންގޭ؛ ސްޕްރީމް ކޯޓު މިއޮތީ ހުއްޓިފައި!
ދިވެހިރާއްޖޭގެ އެންމެ އިސް ކޯޓު، ސްޕްރީމް ކޯޓުގެ ހިންގުން ހުއްޓިފައިވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ނުރުހުން ފާޅުކުރައްވައިފި އެވެ.
14 Aug 2023
އިބްރާ، އެމްޑީޕީން އިސްތިއުފާ ދެއްވައިފި!
ޝަރުއީ ކޯޓުތަކަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮތް ކަމަށް ބުނެ، ސަރުކާރު ހިންގާ މައި ޕާޓީ، އެންޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލްގެ ބޭބެ އަދި އެ ޕާޓީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއިލް (އިބުރާ) އެމްޑީޕީން އިސްތިއުފާ ދެއްވައިފިއެވެ.
03 Aug 2023
ފަނޑިޔާރަކަށް ވުމަށްޓަކައިި އިމްތިހާނެއް ހަދަންޖެހޭ އުސޫލެއް!
ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު ވަޒަންކުރުމަށްޓަކައި އެޕްލިކޭޝަން ޕްރޮސަސްގެ ތެރެއިން އިމްތިހާނެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އުސޫލެއް އެކުލަވާލައި އާންމުކޮށްފިއެވެ.
24 Jul 2023
އަންހެނަކަށް ގުޅައި މެސެޖްކުރި އިސްމެޖިސްޓްރޭޓް ވަކިކުރުމަށް ނިންމައިފި!
ހދ. ކުޅުދުއްފުށީގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް އެކޯޓަށް ވަރިވުމަށް ހުށަހެޅި މީހަކަށް ގުޅައި މެސެޖުކޮށް ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކުރުމުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ފަނޑިޔާރު ކަމުން ވަކިކުރުމަށް ނިންމައިފިއެެވެ.
23 Jul 2023
ވަރިވާން ހުށަހެޅި މީހަކަށް ގުޅި އިސްމެޖިސްޓްރޭޓްގެ ސަސްޕެންޑް ކޮށްފި
ހދ. ކުޅުދުއްފުށީގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް އެކޯޓަށް ވަރިވުމަށް ހުށަހެޅި މީހަކަށް ގުޅައި މެސެޖުކޮށް ހެދުމުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި ސަސްޕެންޝަންގެ މުއްދަތު އިތުރުކުރުމަށް ނިންމައިފިއެވެ.
13 Jul 2023
ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙުމަދު ސަސްޕެންޑްކޮށްފި
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙުމަދު 07 ދުވަހަށް ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފިއެވެ.