މަޖިލިސް އިންތިޚާބު 2024
28 Feb 2024
އިންތިހާބު ފަސްކުރަން އަނެއްކާވެސް މަޖިލީހުން ފާސްކޮށްފި
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ތެރޭގައި ނުބާއްވައި، ރޯދައިގެ ފަހުން ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލުމުން މިއަދު އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކޮށްފިއެވެ.
27 Feb 2024
ރައީސް ޞާލިޙް، ކެންޑިޑޭޓުންނާއި އެކު ދޮރުން ދޮރަށް ހިންގަވަނީ
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެއްވުމަށްޓަކައި ކުރީގެ ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙް ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފިއެވެ.
27 Feb 2024
މަޝްރޫޢުތައް ކުރިއަށް ގެންދެވޭނީ މަޖިލީހުން އެއްބާރުލުން ދީގެން
މި ސަރުކާރުން ކުރިއަށް ގެންދަން ރާވާފައި ހުރި މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނީ މަޖިލީހުން ވެސް އެއްބާރުލުން ދީގެން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Feb 2024
މަޖިލިސް އިންތިހާބަށް ފުލުހުންގެ ކޮމާންޑަރުންނަށް ތަމްރީނު ދޭ ޕްރޮގްރާމެއް
މި އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ފުލުހުންގެ ކޮމާންޑަރުންނަށް ތަމްރީނު ދޭ ޕްރޮގްރާމެއް ފަށައިފިއެވެ.
27 Feb 2024
'އަނިޔާތައް' ހަނދާން ނެތުނީ ޞާލިހު ކުރި ހެޔޮ ވެރިކަމުން
2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ކުރި ވެރިކަމުގެ އަނިޔާވެރި ދުވަސްތައް ހަނދާނުން ފިލައި ދިޔައީ 2018 ވަނަ އަހަރުން 2023 ވަނަ އަހަރާއި ހަމައަށް ވެރިކަން ކުރެއްވި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ހެޔޮ ވެރިކަމުގެ ސަބަބުން ކަމަށް، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާރޕާސަން އަދި ރައީސް ޞާލިހުގެ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
27 Feb 2024
ކުރީ ސަރުކާރު މިކިޔަނީ، ކަންކަން މެނޭޖްކުރަން ނޭނގިގެން
އަދުގެ ސަރުކާރުން ތަކުރާރުކޮށް "ކުރީ ސަރުކާރު" ކިޔަމުންދަނީ، ކަންކަން މެނޭޖް ކުރަން ނޭނގިގެން ކަމަށް ކުރީ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރޭ ވިދާޅުވެއްޖެއެވެ.
27 Feb 2024
މަހުގެ ޑިއުޓީ ކުޑަކުރެވޭނެ އެބަސްވުމަކު މިސަރުކާރުން ސޮއި ނުކުރޭ
މަހުން ނަގާ ޑިއުޓީ ކުޑަކުރުމަށްޓަކައި، ރާއްޖެއަށް ފައިދާވާނެ އެއްބަސްވުމެއްގައި އަދުގެ ސަރުކާރުން ސޮއި ނުކުރާ ކަމަށް އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
26 Feb 2024
މަޖިލިހަށް ހޮވިއްޖެ ނަމަ ޕާޓީ ބަދަލު ނުކުރަން އެމްޑީޕީ ކެންޑިޑޭޓުންލައްވާ ހުވާ ކުރުވައިފި
މިއަންނަމަހުގެ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން، ޕާޓީ ބަދަލުނުކުރާނެ ކަމަށް މާތް ﷲ ގަންދީ ހުވާކުރުވައިފިއެވެ.