މަޖިލިސް އިންތިޚާބު 2024
25 Feb 2024
ހުޅުމާލޭގެ ކޮންމެ ދިމާލަކުން ފެންނަނީ މިދިޔަ ފަސް އަހަރުގެ އިހުމާލު: ފަޒުލް
ހުޅުމާލޭގެ ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މިދިޔަ ފަސް އަހަރު ސަރުކާރުން ވެފައިވާ އިހުމާލު ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
24 Feb 2024
ޝާހިދުގެ ފުރަތަމަ ދަތުރުފުޅު ހުސެން ސަމީރުގެ ކެމްޕެއިނަށް އުކުޅަހަށް
ދާދިފަހުން އެމްޑީޕީގެ ރައީސްކަމުގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވި ކުރީގެ ހާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދުގެ ފުރަތަމަ ދަތުރުފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތޮއްޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހުސެން ސަމީރުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށެވެ.
24 Feb 2024
ހުޅުމާލެ ދެކުނު ރައްޔިތުންނަށް ޚިދުމަތްކުރަން ހުރި އެންމެ ޤާބިލް ކެންޑިޑޭޓަކީ އަޅުގަނޑު: ދުންޔާ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑީޑޭޓުންގެ ތެރެއިން އެދާޢިރާގެ ރައްޔިތުންނަށް ޚިދުމަތްކުރަން ހުރި އެންމެ ރަނގަޅު ކެންޑިޑޭޓަކީ އެކަމަނާކަމަށް މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
24 Feb 2024
މަޖިލީސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާނަން: ފަލާޙް
ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
24 Feb 2024
ޕްރައިމަރީން ނާކާމިޔާބުވުމަކީ އަދި ޕާޓީން ވަކިވެގެންދާން ޖެހޭ ސަބަބެއް ނޫން: ޒުހުރިއްޔާ
ޕްރައިމަރީން ނާކާމިޔާބުވުމަކީ އަދި ޕާޓީން ވަކިވެގެންދާން ޖެހޭ ސަބަބެއް ނޫންކަމަށް ޕީޕީއެމް/ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރެއްވި ޒުހުރިއްޔާ ހުސައިންފުޅު ވިދާޅުވެއްޖެއެވެ.
22 Feb 2024
ސަރުކާރާއި އިދިކީލި ކެންޑިޑޭޓަކު ހޮވާގެން ވީކަމެއް ނެތް
ސަރުކާރާއި އިދިކީލި ކެންޑިޑޭޓަކު ހޮވާގެން މާޒީގައިވެސް ވީކަމެއް ނެތްކަމަށް ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ އަލްފާޟިލް މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
21 Feb 2024
މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ތަރުޖަމާނަކަށް އީސަ ހަމަޖައްސައިފި
ކުރިއަށްއޮތް 20 ވަނަ ރައްޔިތުން މަޖިލިސް އިންތިހާބަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ތަރުޖަމާނެއްގެ ގޮތުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހްމަދު އީސަ ހަމަޖައްސައިފިއެވެ
21 Feb 2024
އިންތިހާބު ލަސްކުރުމަށް ގެނައި އިސްލާހު ތަސްދީގު ނުކުރާތީ ކުއްލި މައްސަލައެއް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރީދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވުމަށް އިންތިހާބުތަކާބެހޭ އާންމު ޤާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގުކުރުން ލަސްވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.