އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Feb 2024 | 13:35
ހުޅުމާލޭގެ ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މިދިޔަ ފަސް އަހަރުގެ އިހުމާލު: ފަޒުލް

ހުޅުމާލޭގެ ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މިދިޔަ ފަސް އަހަރު ސަރުކާރުން ވެފައިވާ އިހުމާލު ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިފަދައިން ވިދާޅުވީ ރޭގައި ކުރިއަށްދިޔަ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާ އަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޝާނީޒް ހާޝިމްގެ ކެމްޕެއިން ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މިގޮތުން ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ބޮޑު ސަރަހައްދަށް ބަލާލިޔަސް މިދިޔަ ފަސް އަހަރު ސަރުކާރުން ވެފައިވާ އިހުމާލު ފެންނަކަމަށެވެ. އަދި އެޗްޑީސީގެ އެތެރޭގައި ހިންގާފައި ހުރި ކަންކަމުގެ ވާހަކަ ނުދެއްކެވިޔަސް ރައްޔިތުންނަށް އެނގިގެންދާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުޅުމާލޭގެ އެއްކޮޅުން ފެށިގެން އަނެއް ކޮޅަށް ބެލި ކަމުގައި ވިޔަސް އަޅުގަނޑަށް ހަމަގައިމުވެސް ފެންނަނީ ހަމަ މިދިޔަ ފަސް އަހަރުގެ އިހުމާލު. މިދިޔަ ފަސް އަހަރުގެ ތެރޭގައި އެޗްޑީސީގެ ތެރޭން ހިންގާފަ ހުރި ކަންތައްތަކުގެ ވާހަކަ އަޅުގަނޑު މި ޕޯޑިއަމް ގައި ނުދެއްކި ކަމުގައި ވިޔަސް ތިޔަ ލޮބުވެތި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. "

ފަޒުލް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ފަޒުލް ވިދާޅުވީ ކޮންމެ ހިދުމަތެއްވެސް ލިބިގަންނަން ތިބީ ރައްޔިތުންކަމަށާއި، ސަރުކާރަށް ތާއީދު ކުރާ ކެނޑިޑޭޓުން ހުޅުމާލެ ދާއިރާ އަށް ހޮވައިފި ނަމަ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަސޭހައިން އެނގިގެންދާނެ ކަމަށެވެ.

ފަޒުލް ވިދާޅުވީ މަގާމާއި ހަވާލުވެވަޑައިގެން ފުރަތަަމަ ދުވަހު ވެސް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދިޔުމުން އެތަނުގެ ރައްޔިތުން އެދޭ ކަންކަން އެނގުނު ކަމަށާއި، ރައްޔިތުން އެދުނު ކަންކަން މި ފަސް އަހަރު ތެރޭ ރާވާލައިގެން ފުރިހަމަ ކޮށްދޭނެ ކަމަށެވެ.

ހުޅުމާލެ އަށް ދިމާވެފައިވާ ކަންކަން ރަނގަޅު ކުރުމަށްޓަކައި ހުޅުމާލެ ދާއިރާ އަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ފަޒުލް އާއި އެކީ މަސައްކަތްކުރަމުންދާކަން އެބޭފުޅާ ވަނީ އުފަލާއި އެކު ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.