ފުލުހުންގެ ކޮމާންޑަރުންނަށް ތަމްރީނު ދޭ ޕްރޮގްރާމް-- ފޮޓޯ: އީސީ
ހަބަރު
27 Feb 2024 | 14:51
މަޖިލީހުގެ އިންތިޚާބާ ގުޅިގެން ފުލުހުންގެ ކޮމާންޑަރުންނަށް ތަމްރީނު ދޭ ޕްރޮގްރާމެއް ފަށައިފި

މި އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ފުލުހުންގެ ކޮމާންޑަރުންނަށް ތަމްރީނު ދޭ ޕްރޮގްރާމެއް ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ތަމްރީނުތައް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި އިލެކްޝަންސް ކޮމިޝަން ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ފަރާތުން ބުނީ މި ތަމްރީނުތަކުގެ ތެރެއިން މަޖިލިސް އިންތިހާބާއި ގުޅޭ ގާނޫނާއި، އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުގެ އިތުރުން އިލެކްޝަންސްގެ ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ. މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން، ކުރީގެ އިންތިޚާބުތަކުގެ މަޢުލޫމާތާއި ވޯޓުލުމާއި ވޯޓު ގުނުމުގެ ހުރިހާ މަރުހަލާއެއްގައި އަމާންކަމާއެކު ހަރަކާތްތެރިވެފައިވާ ގޮތުގެ ތަޖުރިބާތަކާއި މަޢުލޫމާތު ހިއްސާކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް، ކުރީ އިންތިޚާބުތަކުގައި ދިމާވެފައިވާ މައްސަލަތަކާއި ވޯޓުލުމުގެ ޙައްޤު އޮންނަ ކޮންމެ ރައްޔިތަކަށް އެ ޙައްޤުގެ ބޭނުން އެންމެ ފުރިހަމައަށް ކަށަވަރުކޮށްދިނުމާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާ ކުރެވިގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވަނީ މި ޚިދުމަތުގެ މުދައްރިބުންނާއި އިލެކްޝަންސް ކޮމިޝަނުގެ ކަމާގުޅޭ މުދައްރިބުންކަމަށައި، އެގޮތުން މާދަމާ އޮންނަ ތަމްރީނުތަކުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ތަމްރީން ޕްރޮގްރާމްތަކާއި ގުޅިގެން އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވެސް ވަނީ އިންތިޚާބުތަކާ ގުޅިގެން، ދިވެހި ފުލުހުންގެ ފަރާތުން އެ ކޮމިޝަނަށް ލިބެމުންދާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ