15 May 2023
"ދެން އަންނަ ވެރިކަމެއްގައި ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި ހޯދާނެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމި ދެން އުފެދޭ ވެރިކަމެއްގައި މި ސަރުކާރުގެ އިހުމާލުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިގެން ދިޔަ ބައި ހޯދާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.