އާސަންދަ
20 Aug 2024
އާސަންދައިން އީވް ކްލިނިކަށް ދޭ ޚިދުމަތް ވަގުތީގޮތުން ހުއްޓާލައިފި
ބަލަމުންދާ މައްސަލައަކާއި ގުޅިގެން އާސަންދައިން އީވް ކްލިނިކަށް ދޭ ޚިދުމަތް ވަގުތީގޮތުން ހުއްޓާލައިފިއެވެ.
08 Aug 2024
އާސަންދަ ސްކީމުން 823 މިލިޔަން ރުފިޔާ ޚަރަދުކޮށްފި
މިއަހަރުގެ ދެވަނަ ކުއަރޓާގައި އާސަންދަ ސްކީމުން 823 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
26 Jul 2024
ބަލްކް ޕްރޮކިޔުމަންޓް އުސޫލުން ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް
ރާއްޖޭގެ ސަބްސިޑީ ނިޒާމު ހަރުދަނާކުރުމަކީ ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުން ދެމުން އައިސްފައިވާ އެންމެ މުހިންމު އެއް އިރުޝާދެވެ. އާސަންދައިގެ ނަމުގައި ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ކަންކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ ހަރަދުތަކުގެ ތެރޭގައި އިސްރާފު ގިނަވެ 2023 ވަނަ އަހަރުގެ ތެރޭގައި އާސަންދައަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ 118 އިންސައްތަ އިތުރަށް ހަރަދުކޮށްފައިވެއެވެ.
22 Jul 2024
ޔޫރަޕުގައި ބޭނުންކުރާ ފެންވަރުގެ މޮޅު ބޭސް އެތެރެކޮށް އަގުތައް ކޮންޓްރޯލްކުރަން ފަށައިފި
މިއަދު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސަރުކާރުން ފަށާފައިވާ މި ޕްރޮޖެކްޓްގެ ދަށުން ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން ބަލްކްކޮށް ބޭސް ގަނެ ރާއްޖެ ގެނައުމަށް ވަނީ ފަށާފައެވެ. މި ސިޔާސަތު ތަންފީޒު ކުރަން ފެށުމާއެކު، ނަތީޖާއެއްގެ ގޮތުން އާސަންދަ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި ލީކޭޖްތައް ހުއްޓުވި، ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް މަގުފަހިވާނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ. އަދި ބޭހަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، ސިއްޙީ ނިޒާމު ހަރުދަނާކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
09 Jul 2024
އާސަންދައިން 19 އަހަރުން މަތީގެ ހުރިހާ ދިވެހިންނަށް މެޑިކަލް ޗެކަޕް ތަޢާރަފުކޮށްފި
އާސަންދައިން މިއަދު ހާމަކުރި ގޮތުގައި މި ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް ސަރުކާރުގެ ހޮސްޕިޓަލުތަކުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމށެވެ.
03 Jul 2024
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި
އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ދޭ ފަރުވާތަކުގެ އަގު ބޮޑުވުމުގެ ސަބަބުން، އެ ހޮސްޕިޓަލަށް އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
05 Jun 2024
އާސަންދަ ރިކޮމެންޑޭޝަން ފޯމު ދެން ބަލައިގަންނާނީ މައި އާސަންދަ ޕޯޓަލްއިން!
އާސަންދައިން މިއަދު ބުނެފައިވަނީ އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް މިހާރު ޑޮކްޓަރު ރިކޮމެންޑޭޝަން ފޯމު ފުރައިދޭނީ ހަމައެކަނި އާސަންދަ ޕޯޓަލް މެދުވެރިކޮށްކަމަށެވެ.
29 May 2024
ތައިލެންޑާއި ޔޫއޭއީ އަށް ބޭސް ފަރުވާއަށް ފޮނުވުމުގެ ތައްޔާރީތައް ދަނީ ކުރިއަށް
އާސަންދަ މެދުވެރިކޮށް ޔޫއޭއީ އާއި ތައިލެންޑަށް ބޭހަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.