އަދާލަތް ޕާޓީ
17 Sep 2023
އަނިޔާވެރިކަމަށް ދޫކޮށްލައިފިނަމަ އަރައިނުގަނެވޭ ފަދަ ގެއްލުމަކަށް ވެއްޓިދާނެ!
ކުރިއަށް އޮތް ފަސްއަހަރު އަނިޔާވެރިކަމަށް ދޫކޮށްލައިފިނަމަ ރައްޔިތުންނަށް އަރައިނުގަނެވޭ ފަދަ ގެއްލުމަކަށް ރައްޔިތުން ވެއްޓިގެން ހިނގައިދާނެ ކަމަށް ދާޚިލީ ވަޒީރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
10 Sep 2023
ދެވަނަ ބުރަށް ދާނީ އިހުނަށްވުރެ ވަރުގަދަކޮށް: އަލީ ޒާހިރު
ދެވަނަ ބުރަށް ދަނީ އިހުނަށްވުރެ ވަރުގަދަކޮށް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
06 Sep 2023
މި ސަރުކާރުގައި ކުރިއަށްވުރެ ގިނައިން ދީނީ ހަރަކާތްތައް ހިންގިފައިވޭ!
މީގެ ކުރީ ސަރުކާރުތަކުން ހިންގިފައިނުވާ ވަރަށް މިސަރުކާރުން ދީނީ ހަރަކާތްތައް ހިންގިފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
06 Sep 2023
އިންނަމާދޫ އަދާލަތާއި އެމްޑީޕީ މެންބަރުން ތަކެއް ޕީޕީއެމަށް!
ރ. އިންނަމާދޫގައި އެމްޑީޕީ އުފެއްދުމަށް އެންމެ އިސްކޮށް އުޅުއްވި ތިން ބޭފުޅަކާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ތަކެއް އިދިކޮޅު ޕީޕީއެމްއާ ގުޅިއްޖެއެވެ.
05 Sep 2023
ޢަލީ ރަމީޒުގެ ސުވާލެއް އަދާލާތަށާއި ދިވެހިންނަށް!
އެބައެއްގެ ލާދީނީ ކަމާމެދު އެހެން މީހުންނަށް އިންޒާރު ދިނުމަށްފަހު، އެ މީހުންގެ ދިފާއުގައި، އެމީހުންނަށްޓަކައި މަރުދޭން ޖެހޭނެ ކަމަށް ގަބޫލު ކުރާނީ ކާކުތޯ ދާރިސް ޓީވީ ގެ ސްޓޭޝަން މެނޭޖަރު ޢަލީ ރަމީޒު ސުވާލު ކުރައްވައިފިއެވެ.
05 Sep 2023
ޤައުމައިގެން ކުރިއަށްދެވޭނީ ހަމައެކަނި ރައީސް ޞާލިޙަށް!
ރައީސް ޞާލިޙް ނޫން ބޭފުޅަކަށް މިޤައުމުގެ ގޮވައިގެން ކުރިއަށް ނުދެވޭނެ ކަމަށް ދާޚިލީ ވަޒީރު ޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
05 Sep 2023
އަދާލަތުގެ 15 ޝެއިޚުންގެ ތެރެއިން ރައީސަށް ތާއީދު ކުރީ 5!
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ހިމެނޭ ޖަމިއްޔާ، އިލްމުވެރިންގެ ގުޅުމުން ތާއިދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ނެގި ވޯޓުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރެއްވީ އެންމެ 5 އަދާލަތުގެ ޝެއިޚުން ކަން ހާމަވެއްޖެއެވެ.
30 Aug 2023
ޢަލީ ރަމީޒުގެ ބަހުގެ ހަމަލާތަކެއް ޑރ. އިޔާޒަށް!
ވަކި މީހަކު ނަމާދު ކުރީމާ އެ ކަން ކުރާ މީހާއަށް ފުރައްސާރަ ކޮށްފައި, ތިމާ ތާއީދު ކުރާ މީހާ ނަމާދު ކުރީމާ އެމީހާއަށް ސަނާ ކިޔުމުން އެނގެނީ އެމީހާގެ އަދުލުވެރި ކަމެެއް ނެތްކަން ކަމަށް ދާރިސް ޓީގެ ސްޓޭޝަން މެނޭޖަރ ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.