އަދާލަތް ޕާޓީ
12 Oct 2023
މަޖިލީހުގެ 5 ދާއިރާއަކަށް ވާދަކުރުމަށް ޢަދާލަތުން މަޝްވަރާ ކުރަނީ
2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 5 ދާއިރާއަކުން ވާދަކުރުމަށް ޢަދާލަތު ޕާޓީ އިން މަޝްވަރާ ކޮށްފައިވާ ކަމަށް ޢަދާލަތު ޕާޓީގެ ތަރުޖަމާނު ޢަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
08 Oct 2023
ފަލަސްތީނުގެ ބިންތައް މިނިވަންކުރަން އަދާލަތު ޕާޓީން ގޮވާލައިފި
ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްސިވިހާލިވެފައިވާ ފަލަސްޠީނުގެ ރައްޔިތުން އަނބުރާއެމީހުންގެ ވަޒަނަށް ރުޖޫޢަވެ، ފަލަސްޠީނު ރައްޔިތުންނަށް ޙައްޤުވާ އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުން އެދޭގޮތަށް ދައުލަތެއް ޤާއިމުކޮށް އެދައުލަތުގެ ހިޔާވަހިކަން ލިބުމުގެ ޙައްޤު ހޯދައިދިނުމަށް ޢަދާލަތު ޕާޓީން ގޮވާލައިފިއެވެ.
05 Oct 2023
ޢިމްރާން ތުރުކިޔޭ އަށް ވަޑައިގަންނަވަނީ
ޢަދާލަތު ޕާޓިގެ ރައީސް އަދި އެޕާޓީގެ ނައިބު ރައީސް މިއަދު ތުރުކީ ވިލާތައް ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީއިން ހާމަ ކޮށްފިއެވެ.
04 Oct 2023
ބަރުލަމާނީ ނިޒާމަށް ޢަދާލަތުންވެސް ބުނީ ނޫނެކޭ
ެރިކަމުގެ ނިޒާމަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ޢަދާލަތު ޕާޓީ އިން ވެސް ނޫނެކޭ ބުނެފިއެވެ.
03 Oct 2023
"ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ދައުރު އިތުރަށް ފުޅާ ކުރާނަން"
ކުރިއަށް އޮތް ތަނުގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ދައުރު އިތުރަށް ފުޅާ ކުރާނެ ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
29 Sep 2023
ޝައިޚް އިމްރާނަށް ރޮވެނީ ކީއްވެ؟
މާދަމާ ވޯޓްލާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ވޯޓް ހޯދައިދޭން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކީރިތި ކުރައްވައިފިއެވެ. ރޭ އޮތް ޕާޓީގެ ކެމްޕޭން އެންމެ ފަހު އެއްވުންކަމަށް ސިފަކުރި އެއްވުމުގައި ކަންމަތީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރައްޔިތުން ރައީސް ސާލިހަށް ވޯޓްނުދީފާނެތީ ވަރަށް ބިރުފުޅުން ހުންނެވި ކަމަށެވެ.
27 Sep 2023
ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރަންވީ
ކަށިން ހިތްވަރުގެ ނެރެގެން މަސައްކަތް ކުރަންވީ ކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ނައިބު ރައީސް މުޙައްމަދު އިއާދު ޙަމީދު ވިދާޅުވެއްޖެއެވެ.
27 Sep 2023
މިފަހަރު އަދާލަތަށް އެއްވެސް ޕަސެންޓެެއް ދެވޭކަށް ނެތް: ޠާރިގު
މި ފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ދެން އުފެދިގެން އަންނަ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އަދާލަތު ޕާޓީއަށް އެންމެ އިންސައްތަ އެއްވެސް ދެވެން ނެތް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެއެވެ.