އަދާލަތް ޕާޓީ
14 Aug 2023
މިއީ އެންމެ ތާރީޚީ އެންމެ އިންޤިލާބީ ޒުވާނުންގެ މެނިފެސްޓޯ: އިޢާދު
ރޭ އެމްޑީޕީ ކޯލިޝަނުން ތަޢާރަފްކުރި ޒުވާނުންގެ މެނިފެސްޓޯ އަކީ އެންމެ ތާރީޚީ އެންމެ އީޖާދީ އަދި އެންމެ އިންޤިލާބީ ޒުވާނުންގެ މެނިފެސްޓޯ ކަމަށް ޢަދާލަތު ޕާޓީގެ ނައިބު ރައީސް އިޢާދު ޙަމީދު ވިދާޅުވެއްޖެއެވެ.
13 Jul 2023
ޝައިޚް އިލްޔާސް ޖަމާލް އެމްޑީއޭ އަށް ސޮއިކުރައްވައިފި
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް އިލްޔާސް ޖަމާލް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައަންސް  އަށް ސޮއިކުރައްވައިފިއެވެ.
10 Jul 2023
"އުފާވެރި ރާއްޖެއެއް ލިބޭނީ ރައީސް އާއި އެކު ކަމަށް ދިވެހިން ގަބޫލު ކުރޭ"
ދިވެހިން ބޭނުން ވަނީ އުފާވެރި އަމާން މުސްތަޤްބަލެއް ކަމަށާއި އެމްޑީޕީ ކޯލިޝަނުން ބޭނުންވަނީ އަމާން އުފާވެރި ރާއްޖެއެއް ކަމަށް ދާޚިލީ ވަޒީރު އަދި އެމްޑީޕީ ކޯލިޝަންގެ އެއް ބައިވެރިޔާ ޢަދާލަތު ޕާޓީގެ ރައީސް ޝެއިޙް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
05 Jul 2023
ބާކީ ވޯޓު ކަރުދާސްތަކުގެ ކަނުން ކަނޑާލަން ގިނަ ސިޔާސީ ޕާޓީތައް އެއްބަސްވެއްޖެ
ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާހުގެ ތެރެއިން ބާކީ ވާ ވޯޓު ކަރުދާސްތައް ވަގުތުން ވަގުތަށް ނައްތާނުލި ނަމަވެސް، އެ ކަރުދާސްތައް ވަކި ކުރެވޭނެ ގޮތެއް ހެދުން މުހިންމުކަމަށް ގިނަ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
05 Jul 2023
އިސްލާމިކް ވޯލްޑް ޔޫތް ފޯރަމް 2023 ގައި ބައިވެރިވުމަށް ޢަދާލަތުގެ ވަފުދެއް ފުރައިފި
އިސްލާމިކް ވޯލްޑް ޔޫތް ފޯރަމް 2023 ގައި ބައިވެރިވުމަށް ޢަދާލަތު ޕާޓީގެ ވަފުދެއް މިއަދު ފުރައިފިއެވެ.
03 Jul 2023
އެޑިއުކޭޝަންއާއި ބައްދަލުކުރަން އޭޕީއިން ކުރި މަސައްކަތް ނާކާމިޔާބު ކަމަށް ބުނެފި!
އަރަބިއްޔާ ސްކޫލްގެ ބިމުގެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ އާއި ބައްދަލުކުރަން އަދާލަތު ޕާޓީ (އޭޕީ) އިން 7 މަސްދުވަސް ވަންދެން ކުރި މަސައްކަތް ނާކާމިޔާބު ކަމަށް އެ ޕާޓީއިން ބުނެފައިވާ ކަމަށް އެސްކޫލްއިން ހާމަކޮށްފިއެވެ.
01 Jul 2023
"މި ވެރިކަމުގައި މުންކަރާތްތައް އާންމުވެގެން ދިއުމުގެ ޒިންމާ އަދާލަތުން ނަގަން ޖެހޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި މުންކަރާތްތައް އާންމުވެގެން ދިޔަ ދިއުމުގެ ޒިންމާ ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އަދާލަތު ޕާޓީން ނަގަންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
17 Jun 2023
"ކުރިންގެ ޢަމާޒަކީ ގައުމު އިސްލާހުކުރުން, މިހާރު އެ ބަދަލުކޮށްފިން"
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އެންމެ ފުރަތަަމަ އުފެދިގެން އައިއިރު އެ ޕާޓީގެ އަމާޒަކަށް ވެފައި އޮތީ، ގައުމު ކުރުން ކަމަށާ، އެހެން ނަމަވެސް، މިހާރު އެ އަމާޒު ބަދަލުކުރައްވާފައިވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.