އަހުމަދު ހަމީދު އާދަމް
ސްޓާފް ރައިޓަރ
އަހުމަދު ހަމީދު އާދަމް
31 Dec 2025
ޔާމީން ރަޝީދުގެ މަރުގެ މައްސަލަ: ދެ މީހުން އަލުން ބަންދުކޮށްފި
ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެ މައްސަލާގައި ހައިޝަމް އާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ނިންމުން ބާތިލުކޮށް މުޅި މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ.
31 Dec 2025
ރުގުޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުން: އެކަކު އުމުރަށް ޖަލަށް
މި މައްސަލާގައި އެ މީހުންގެ މައްޗަށް 12 ދައުވާއެއް އުފުލި އެވެ. އެ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ ކޯޓުން މިއަދު ވަނީ މުހައްމަދު އަސީލް 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
31 Dec 2025
ތެލެސީމިއާ މީހުނަށް އަންނަ މަހުން ފެށިގެން 2000ރ ދޭން ނިންމައިފި
މިއަދު އިއުލާނު ކުރީ ކޮންމެ މީހަކަށް މަހަކު 2,000 ރުފިޔާގެ އިނާތެއް ދިނުމަށް
31 Dec 2025
މުދަލު ޒަކާތް ބަލައިގަތުމަށް މީރާއެކު އެއްބަސްވުމެއް ގާއިމުކޮށްފި
ވަޒީރުގެ ވާހަކާގައި ވަނީ ޒަކާތުގެ ކަންކަމާއި ސަދަގާތް އަދި ވަގްފުގެ ފައިސާ ނެގުމުގައި މީރާގެ ފަރާތުން ވުޒާރާއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް މީރާގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
31 Dec 2025
"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ރައީސް މިއަދު ކަނޑައަޅުއްވައިފި
އެސްއީޒެޑެއްގެގޮތުގައި "ޕްރޮޖެކްޓް އައިލާ" ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައެޅުއްވިއިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދީފައިވާ ކަންކަން ވަނީ ތަފްސީލުކޮށްދީފަ އެވެ.
31 Dec 2025
ޚާލިދާގެ ޖަނާޒާގައި ރައީސްގެ މަންދޫބެއްގެ ގޮތުގައި ޚައިދަރު ބައިވެރިވެވަޑައިގަންނަވަނީ
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ މިއަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، ބަނގްލަދޭޝްގެ ރައްޔިތުންނަށާއި މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފަ އެވެ.
31 Dec 2025
ފައްތާހުގެ ޖަނާޒާ މިރޭ ފަތިސްނަމާދަށް ފަހު ދިއްދޫ ހުކުރު މިސްކިތުގައި
ފައްތާހް ނިޔާވީ އުމުރުން 54 އަހަރުގަ އެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ ފަތިސް ނަމާދަށް ފަހު ދިއްދޫ, މަސްޖިދުލް ޣުފްރާން -- ހުކުރު މިސްކިތުގަ އެވެ. ވަލުލާނީ އެ ރަށު ދެކުނު ސަހަރާގަ އެވެ.
30 Dec 2025
ކުރީގެ ޑައިރެކްޓަރު ފައްތާހް ކުއްލި ގޮތަކަށް ނިޔާވެއްޖެ
ފައްތާހް ނިޔާވީ ސިއްހީ މައްސަލައެއް ދިމާވެ ހއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ
30 Dec 2025
މާލެއާ ދެކުނާއި އުތުރު ސިޓީގައި ހެޔޮ އަގުގައި މުދާ ރައްކާކޮށް ގުދަން ކުރެވޭނެ ގޮތް ހަދައިދެނީ
މާލެ އާއި ކުޅުދުއްފުއްޓާއި އަދި އައްޑޫގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކޮށް ހެޔޮ އަގުގައި މުދާ ރައްކާކޮށް ގުދަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.
30 Dec 2025
ވިޔަފާރިތަކަށް ކުނި އުކާލަދޭ އަގު ކުޑަކުރަން ރައީސް ނިންމަވައިފި
މިވަގުތު އެސްއެމްއީ ތަކުން ނަގާ ފީ ކުޑަކުރުމުގެ ގޮތުން ވަކި ބޭންޑުތަކެއް ތައާރަފުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
30 Dec 2025
ވަކިވުމަށް ފަހު އަލުން މަގާމަކަށް އަންނަނަމަ ޕެންޝަން ނުލިބޭ ގޮތް ހަދައިފި
ދައުލަތުގެ ވަޒީފާއަކުން ރިޓަޔާކުރުމަށްފަހު، ބައެއް ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކަށް ވަޑައިގަތުން މި ފަހުން ވަނީ އިތުރުވެފަ އެވެ.
30 Dec 2025
ހައިވޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލަ: ސައިކަލު ޓޯކޮށް ފިޔަވަޅު އަޅައިފި
އެ ވީޑިއޯ ވަރަށް ބޮޑަށް ވައިރަލްގެ އެކަންކަން ހުއްޓުވަން ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރުމަށާއި އެ ޒުވާނާއަށް ފިޔަވަޅު އެޅުމަށް އެތައް ބަޔަކު ގޮވާލި އެވެ.
30 Dec 2025
ޝަންގްރިއްލާ އަލުން ހުޅުވައި، ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި މި ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޯގަސްޓް މަހު އިއުލާންކުރުމާ ގުޅިގެން 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދިޔައެވެ.
30 Dec 2025
ސަނީ އުމަރު ހުރީ ބަންދުގައި, ތަހުގީގަށް ކުރިއެރުން ލިބިއްޖެ
ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ސަނީ ހައްޔަރުކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. އޭގެ ކުރީން ވެސް ދެ ފަހަރު ހައްޔަރުކޮށް ދޫކޮށްލި އެވެ.
30 Dec 2025
ޖަނަވަރީގައި ހުޅުވާލަނީ 7،900 ފްލެޓާއި 15،000 ގޯއްޗަށް
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގައި ވަނީ 7900 ފްލެޓް ދޫކުރާނެ ގޮތް ތަފްސީލްކޮށް ހިމަނާފަ އެވެ.
30 Dec 2025
ސިފައިންނާއި ފުލުހުންނާއި ކަރެެކްޝަނަށް 300 ފްލެޓް ހަމަޖައްސަނީ
ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް 300 ފްލެޓް ހާއްސަކުރަން ނިންމާފައިވެ އެވެ.
30 Dec 2025
ގޯއްޗާއި ފުލެޓަށް ހުށައެޅުމުގެ ފުރުސަތު ޖަނަވަރީ 15 ގައި ހުޅުވާލަނީ
އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލު ވަނީ އާންމުކޮށްފަ އެވެ.
29 Dec 2025
ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ލިބުނު އަނިޔާގެ ތަފްސީލެއް ނުދެ އެވެ.
29 Dec 2025
މަންފާގެ ނަމާދު ވޯކްޝޮޕްގައި 150 ދަރިވަރުން، ބޮޑު ތަރުހީބެެއް
ނަމާދު ވޯކްޝޮޕްގައި ކުދީންނަށް ކިޔަވައިދެއްވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިމްރާން މުހައްމަދު އަލީ އެވެ. މީގެ އިތުރުން އަލްއަޚް އަލީ ރަމީޒު, ބަންގި ސެޝަންވެސް ކުރިއަށް ގެންދާނެ އެވެ.
29 Dec 2025
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން: 2,300 ހައުސިން ޔުނިޓްއަޅަން ބޮޑު ދެ ކުންފުންޏަކަށް
މިއީ އެމްއެމްއޭގެ ނޭޝަނަލް ހައުސިން ޕްރޮޖެކްޓްތަންފީޒުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބެންކުން ބުނެ އެވެ.
29 Dec 2025
ނޭޝަނަލް ސާވިސްގެ ފުރަތަމަ ބެޗް ދަސްވެނިވެއްޖެ, 344 ދަރިވަރުން ފާސްވި
13 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، 344 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.
28 Dec 2025
މަކަރާ ހީލަތުން ފައިސާ ހޯދާ މީހެއް، ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ މއ. ގުލްޝަންކިނާރާ / މާލެ، އަހްމަދު ޢިރުފާލް (36އ) އެވެ.
28 Dec 2025
އައިއެސްގެ މެންބަރެއް ކަމަށް ބުނާ ހޫދު 23 އަހަރަށް ޖަލަށް
އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މެންބަރެއް ކަމަށް ބުނާ ހޫދު މުޙައްމަދު ޒާހިރު 23 އަހަރަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފި އެވެ.
28 Dec 2025
ސާޅީސްކިލޯގެ މަސްތުވާތަކެތި އަތުލައިގަތުން: ދެ މީހަކު ހައްޔަރު، ވަނަވަރު އާންމުކޮށްފި
ހައްޔަރުކޮށްފައިވަނީ ޢާފިޔާ / ހއ. ހޯރަފުށި، އަޙްމަދު ޢަލީ (47އ) އާއި ގޯލްޑަންހައުސް / ގދ. ތިނަދޫ، މުޙައްމަދު ޢާދިލް (57އ) އެވެ.
28 Dec 2025
އެޗްއާރުސީއެމްގެ ވާހަކަތައް ހަގީގަތާއި ހިލާފް: ޝެއިޚް ޒަމްޒަމް
"އަޅުގަނޑު ވާނީ މި މައްސަލާގައި އެތަނުގެ ބައެއް އިސް ބޭފުޅުންނާއި ވާޙަކަ ދައްކައި ކަންބޮޑުވުންފާޅުކޮށް އެ ސާވޭގެ ސުވާލުތައްވެސް ހިއްސާކޮށްފައި," ޝެއިހް ވިދާޅުވި އެވެ.
28 Dec 2025
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ނަން ބަދަލުކުރައްވައިފި
މިކަން އިޢުލާންކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޝާއިޢުކުރެއްވި، ދެންނެވުމުގައެވެ.
27 Dec 2025
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
މިއީ ނުރަސްމީ ދަތުރުފުޅެއް ކަމުން ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރާނެ އެވެ. ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގަންނަވާނެ ތާރީހެއް ވެސް ސަރުކާރުން ނުބުނެ އެވެ.
27 Dec 2025
ބާޒާރުމަތީ މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލަ: ދެ މީހަކު ހައްޔަރު
ހައްޔަރު ކޮށްފައިވަނީ ބ. ހިތާދޫ / އަންދަލީބުގެ، އަޙްމަދު ޝަރީފް (50އ) އާއި ލ. އިސްދޫ / ބްލޫކިޔާގެ، އަޙްމަދު ޚާތިމް (49އ) އެވެ.
27 Dec 2025
ސިނގިރޭޓުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓް ފޮއްޓާއި 3200 އަށްވުރެ ގިނަ ޔޫއެސް ޑޮލަރާއި 2900 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވެއެވެ.
27 Dec 2025
ކޭޕާކް ޚިޔާނާތް: ޖައިޝާންގެ މައްޗަށް ވެސް 89 ދައުވާ ސާބިތުވެއްޖެ
މި ދައުވާތައް ސާބިތުވާކަމަށް ކަނޑައެޅުމާ ގުޅިގެން އަދަބު ކަނޑައެޅެންދެން ޖައިޝާން ވަނީ ބަންދުކޮށްފަ އެވެ.