އަހުމަދު ހަމީދު އާދަމް
ސްޓާފް ރައިޓަރ
އަހުމަދު ހަމީދު އާދަމް
20 Aug 2025
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެ ކަމަށް މޫސަ ވިދާޅުވެއްޖެ
މޫސަ ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއިން ހައްގުތައް ހޯދުމަށް މަސައްކަތް ނުކުރާ ބަޔަކަށް ހައްގެއް ގެއްލުމަކުން އަސަރެއް ނުކުރާނެ އެވެ.
20 Aug 2025
އަލުން ތަރައްގީ ކުރަން ސަލްޓަން ޕާކު ތިން މަހަށް ބަންދުކޮށްފި
އަލުން ތަރައްގީ ކުރަން ސަލްޓަން ޕާކު ތިން މަހަށް ބަންދުކޮށްފައިވާކަން ކޮންސްޓްރަކްޝަން މިނިސްޓްރީން އިއުލާނުކުރީ އެތަން ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފައިވަނިކޮށެވެ.
20 Aug 2025
ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ ޒުވާނަކު ހައްޔަރު ކޮށްފި
އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ސ،ހިތަދޫ / އަތަމާވިލާ، އަލީ ޢާނިމް މުފީދު (29އ) އެވެ. އޭނާ ހައްޔަރު ކުރީ މިރޭ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ބުންޏެވެ.
20 Aug 2025
ރަށު ޓޫރިޒަމްގެ ވިޔަފާރިވެރީންނަށް ރައީސް؛ ހަލާލު ގޮތުގައި ފައިސާ ހޯދާ، އިންތައް ހިފަހައްޓާ
"ކޮން ޝޯޓް ކަޓެއްތޯ ނަގަން މަސައްކަތް މި ކުރަނީ. މިވަގުތު ކަމެއް ނޭންގެ އަޅުގަނޑުމެން މި ދުނިޔެ ދޫކުރާނީ. މާދަމާ މިކަން އިސްލާހު ކުރާނެ ވަގުތު އޮންނާނެތޯ,"
20 Aug 2025
ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު ތަސްދީގުނުކޮށް މަޖިލީހަށް ފޮނުވާލައިފި
މި ބިލަކީ، 6 އޮގަސްޓް ވީ ބުދަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަސްދީގު ކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.
20 Aug 2025
ޕީއެންއެފްގެ ވޭކަޕް ޖަލްސާ ކެންސަލެއް ނުވޭ، ކުރިއަށް ދާނެ
".. އިވެންޓު ކެންސަލް ނުވޭ. ކުރިޔަށް ދާނެ," އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ކުރީގެ ސައިންސް މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވި އެވެ.
20 Aug 2025
މިސްކިތް އަޅަން ރަސްދޫން ބިމެއް ދޭން ކައުންސިލުން ބޮޑު އަގެއް ކިޔުން، ރައީސްގެ ކަންބޮޑުވުން
އެހެން ކަމުން ކައުންސިލްގެ ނިންމުން ބަދަލުކޮށް އެ ބިން ނޫނީ އެހެން ބިމެއް ނަމަވެސް މިސްކިތް ބިނާކުރުމަށް ހަމަޖެއްސުމަށް އެދިވަޑައިގަތެވެ.
20 Aug 2025
ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް މުބާރާތް، ރައީސް ޝަރަފުވެރިކޮށް ދެއްވައިފި
މި މުބާރާތުގައި ގައުމީ، ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައިދާނުގައި ވަނަތައް ހޯދާފައިވާ އެކިއެކި ކުޅުންތެރިން ވާދަކުރެ އެވެ.
20 Aug 2025
ތޮއްޑޫއަށް ސީޕްލޭންގެ ހިދުމަތާއި 30 އެނދުގެ ހޮސްޕިޓަލެއް
ސީޕްލޭން ދަތުރުތައް ފެށުމުން މިހާރުވެސް 80 ވަރަކަށް ގެސްޓްހައުސް ހުރި ތޮއްޑޫގެ ލޯކަލް ޓޫރިޒަމަށް ބޮޑު ތަރައްގީއެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
20 Aug 2025
އެންއައިސީގެ ހަތަރު މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވަނީ، މެންބަރު ކަމަށް ހުޅުވާލައިފި
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
20 Aug 2025
އިލްމުވެރީންގެ ގުޅުމުން ކުޅިވަރާއިބެހޭ ވަޒީރުގެ އަރިހަށް، މުހިންމު މަޝްވަރާތަކެެއް
ކުޅިވަރު މައިދާންތަކުގައި ވުޟޫކޮށް ނަމާދު ކުރެވޭނެ ގޮތްތައް ހެދުމާއި، އެތަންތަނުގައި ވެސް ދީނީ ޝިއާރު އާލާކޮށް، ހޭލުންތެރިކަން އުފެއްދުމަށް ތަފާތު ވަސީލަތްތައް ބޭނުންކުރުން ފަދަ ކަންކަން ވެސް ހިމެނެ އެވެ.
19 Aug 2025
މާފަރުފަޅު, އއ. ފެރިދޫއަށް ދޭން ރައީސް ނިންމަވައިފި
އެމަނިކުފާނު އެކަން ހާމަކުރެއްވީ ފެރިދޫ ރައްޔިތުންްނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މާފަރުފަޅު, ފެރިދޫ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ އެ ރަށުގެ ރައްޔިތުންގެ އެދުމެވެ.
19 Aug 2025
މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައްވައިފި
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލެއްވި އުސޫލެއް ކަމަށް ސަރުކާރުން ބުނެ އެވެ.
19 Aug 2025
ސްކޭމަރުންގެ ޝިކާރައަކަށް މި ފަހަރު ޗައިނާ މީހުން، 2.9 މިލިއަން ރުފިޔާ ފޭރިގެންފި
އެ އިދާރާ އިން ބުނީ މި މައްސަލަތަކުގައި މިހާތަނަށް 2.9 މިލިއަން ދިވެހި ރުފިޔާގެ މާލީ ގެއްލުން ވެފައިވާ ކަމަށެވެ.
19 Aug 2025
ފާޑުކިޔުންތަކަށް ހަންނާން: ބިލް ހުށައެޅީ މީޑިއާ ބާރުވެރިކުރުވަން
ހަންނާން ވަނީ މި ބިލަށް މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާ، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ހުރިހާ މެންބަރުންވެސް ތާއީދުކޮށް ދިނުމަށް އެދިފަ އެވެ.
18 Aug 2025
އަންނަ އަހަރު 50 ހާފިޒުން ދަސްވެނިވާނެ، ދައުރުގައި 500 ހާފިޒުން އުފެދޭނެ
މިނިސްޓަރު ވަނީ 500 ހާފިޒުން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ޕްރަގްރާމް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.
18 Aug 2025
ހުއްޓުވިއިރު ސައިކަލު މަޑިދަށުގައި ޑްރަގް، ހިފައިގެން ފިލަން އުޅެފި
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ލ. އިސްދޫ / ހިޔަލީގުލްޝަން، އަޙްމަދު ނަޝީދު (38އ) އެވެ.
18 Aug 2025
މައުމޫން ފައުންޑޭޝަނުން ގައުމީ ޅެން ހެދުމުގެ މުބާރާތެއް ބާއްވަނީ
މިމުބާރާތަކީ ހުރިހާ ދިވެހިންނަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށް ވެސް ބުންޏެވެ.
18 Aug 2025
ގެދޮރުވެރިޔާ ފްލެޓްތައް ކައިރީ ބަސް ސްޓޮޕް ހަދަން ފަށައިފި
މިއީ، 4000 ފްލެޓުތައި އަލަށް މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި އަސާސީ ވަސީލަތްތައް ގާއިމްކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.
18 Aug 2025
ފ. ނިލަންދޫ ގައި ޑްރަގް އޮޕަރޭޝަނެއް: 10 މީހަކު ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި ދެ މައްސަލަ ވެސް ނިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
18 Aug 2025
މަގު ހަދަން އެމްއެމްއޭ ސަރަހައްދުގެ މަގާއި ފަޅުން ބައެއް ދެ މަހަށް ބަންދު ކުރަނީ
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ބޮޑުތަކުރުފާނުމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މާދަމާއިން ފެށިގެން 13 އޮކްޓޯބަރުގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ ވަކި ސަރަހައްދަކުމް އެއްފަޅި ބަންދުކުރެވޭނެ ކަމަށެވެ.
17 Aug 2025
ރާއްޖޭގައި ބެހެއްޓުނު އެންމެ ބޮޑު ފެން ތާނގީ، ބޭނުން ކުރަން ފަށައިފި
މި ތާނގީ ބޭނުންކުރަން ފެށުމާއެކު މާލެ އާއި ހުޅުމާލޭގައި ފެން ރައްކައުކުރެވޭ ޖުމްލަ މިންވަރު 36,000 ޓަނުން 46,000 ޓަނަށް ވަނީ އިތުރުވެފައެވެ.
17 Aug 2025
ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރެއްވުމާއެކު، މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ.
17 Aug 2025
ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ އަތޮޅުގެ 4 ރަށަކަށް ހާހަކަށްވުރެ ގިނަ ގަސް
ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ގަސް، ފޮނުވައިފައިވާ ރަށްތަކަކީ ފުނަދޫ އާއި ޅައިމަގާއި ނަރުދޫ އާއި ބިލެތްފަހި އެވެ.
17 Aug 2025
ޔޫތު އެޑްވައިޒަރީ ބޯޑުން މާހިލް އިސްތިއުފާ ދީފި
މާހިލް އަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ދަރިކަލުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދީފައިވާކަން ހާމަކޮށް މިއަދު ވަނީ ރައީސަށް ސިޓީ ފޮނުވާފަ އެވެ.
17 Aug 2025
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ، މައްސަލަ ތަހުގީގު ކުރަނީ
އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަަމަށް ފުލުހުން ބުންޏެވެ. އަފްރާހް ހައްޔަރު ކޮށްފައި ވަނީ އޮގަސްޓް 15 ވަނަ ދުވަހު އެވެ.
16 Aug 2025
މީހަކު މަރުވި ގަމު އެކްސިޑެންޓް: މީހަކު ހައްޔަރު ކޮށްފި
ހައްޔަރު ކޮށްފައިވަނީ ލ. ފޮނަދޫ، ހޯރަވިލާ އުމުރުން 37 އަހަރުގެ މުހައްމަދު ނައުސާން އެވެ.
16 Aug 2025
މަގުތަކަށް ދޫކޮށްލާފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފަށައިފި
މި މަސައްކަތް ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާ ގުޅިގެން ކަމަށް ވެސް ބުންޏެވެ.
16 Aug 2025
ޔާމީނާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ގާސިމް ވެސް ފައްޓަވައިފި
ގާސިމް ލީޑަރުކަން ކުރައްވާ ޖުމްހޫރީ ޕާޓީން ބުނީ ޔާމީން ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތަކާއި ގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.
16 Aug 2025
ނަފްސަށް ވުރެ އަބަދުވެސް ގައުމު އިސްކުރުމަށް ސިފައިންނަށް އިލްތިމާސް ކޮށްފި
"ނަފްސަށް ވުރެ އަބަދުވެސް ޤައުމު އިސްކުރެއްވުމަށް ސިފައިންނަށް އިލްތިމާސް ކުރަން. ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަބަދުވެސް ދިވެހި ސިފައިން ހިމާޔަތް ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަކުރާރު ކުރަން,"