08 Sep 2023
"ޤައުމަށް ޚިދުމަތްކޮށް ޤައުމުގެ ކަރާމާތް ނެގެހެއްޓުމަށް ވައުދުވަން"
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް އިންޚާބު ވެވަޑައިގެންފި ނަމަ، ރެޔާދުވާލު ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކޮށް ޤައުމުގެ ކަރާމާތް ނެގެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.
08 Sep 2023
ޕީޕީއެމް/ޕީއެންސީގެ ބަދަހި ލަޝްކަރުން މަގުތައް ފުރާލައިފި
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ސަޕޯޓަރުންނާއި އެކު އެ ކޯލިޝަންގެ ބަދަހި ލަޝްކަރު މާލޭގެ މަގުތައް ފުރާލައިފިއެވެ.
08 Sep 2023
ތިޔަ ހިފަނީ ހަރާމް ލާރީގައި ކަން ހަމަ ނޭނގެނީ ހެއްޔެވެ؟
ކޮންމެ އިންތިޚާބަކާއި ގުޅިގެންވެސް އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އަކީ ރިޝްވަތުގެ ވާހަކައެވެ. ވަކި ކެންޑިޑޭޓަކަށް ވޯޓުލާން އެއްބަސްވެއްޖެ ނަމަ، އެވެނި ވަރަކަށް ފައިސާ ދޭނަމޭ ބުނާ ވާހަކައެވެ. ނުވަތަ ތިމަންނަ ވޯޓުލާނީ މިވެނި ވަރަކަށް ފައިސާ ދޭ މީހާ އަށޭ، ނޫނީ މިވެނި އެވެނި އެއްޗެއް ދޭ މީހާ އަށޭ ކިޔައި، މީސްމީޑިއާގެ އެކިއެކި މަންސަތަކާއި، އެނޫންވެސް ތަންތަނުގައި ވާހަކަދައްކާ މީހުން ނިސްބަތުން ވަރަށްވެސް ގިނައެވެ.
08 Sep 2023
ޤައުމު މިއަދު މިއޮތީ ނުރައްކާ ފައްތަރެއްގައި: ގާސިމް
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު ކުޑަތަންވެފައިވާއިރު، އިންތިޚާބުގައި ޖުމްހޫރީޕާޓީގެ ފަރާތުން ވާދަ ކުރައްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފަރާތުން ވަރަށް ޚާއްސަ މެސެޖެއް ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ.
08 Sep 2023
"ވިލިމާލޭ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނަން"
މާދަމާ ބާއްވާ ރިޔާސީ އިންތިހާބުކޮށް ވެރިކަން ލިބިވަޑައިގެންފި ނަމަ ހާއްސަ އިސްކަމެއް ދެއްވައިގެން ވިލިމާލެ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެޑައިގެންފިއެވެ.
08 Sep 2023
ޑރ މުއިއްޒުގެ މެނިފެސްޓޯގައި އަންހެނުންނަށް ޚާއްސަ ގިނަ ވައުދުތަކެއް!
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހުރި އަންހެނުންނަށް ޚާއްސަ ވައުދުތައް އިއުލާނުކޮށްފި އެވެ.
08 Sep 2023
މުޢިއްޒުގެ ކެންޕެއިން ނިންމާލުމަށް ބާއްވާ ހިނގާލުން މިއަދު!
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ކެންޕެއިން ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
08 Sep 2023
ގާސިމްގެ ރިޔާސީ ވައުދެއް ފުއްދަވައިފި!
ކީރިތި ގުރުއާނުގެ ތަފްސީރުގެ ދިވެހި ތަރުޖަމާއެއް، ނެރުއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވެވަޑައިގެންނެވި ވަޢުދު، ވެރިކަމަށް އިންތިޚާބުވެ ވަޑައިގެންނެވުމުގެ ކުރިން ފުއްްދަވައި ދެއްވައިފިއެވެ.