25 Sep 2024
ހައްޖު ކޯޕަރޭޝަންގެ "ނިއަމް ރެސިޑެންސް" ޑިޒައިން ކުރުން އެފްޑީސީއަށް
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ތަރައްގީކުރާ "ނިއަމް ރެސިޑެންސް" މަޝްރޫއުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްފިއެވެ.
01 Sep 2024
އެޗްޑީސީގެ ހިއްސާ އާއްމުނަށް ވިއްކަނީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިއްސާ އާއްމުނަށް ވިއްކުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުމެއްކަމަށް ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
01 Sep 2024
އެފްޑީސީ އެޗްޑީސީގެ ދަށަށް އަދި އާރްއޭސީއެލް އެމްއޭސީއެލްގެ ދަށަށް ގެންނަނީ
ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ)ތައް ރިފޯމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް އަދި ފަހިދިރިއުޅުން ކޯޕަރޭޝަން އެޗްޑީސީގެ ދަށަށް ބަދަލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މިއަދު މަޝްވަރާކުރައްވާނެކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
04 May 2024
މުވައްޒަފުން ތައްޔާރުކުރި ލޯގާއާއެކު ފަހި ދިރިއުޅުން ރީބްރޭންޑް ކޮށްފި
މުވައްޒަފުން ތައްޔާރުކުރި ލޯގާ އިފްތިތާހުކޮށް ފަހި ދިރިއުޅުން ރީބްރޭންޑް ކޮށްފިއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އާ ލޯގޯ އިފްތިތާހުކޮށްދެއްވީ އެ ކޯޕަރޭޝަންގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. ލޯގޯ އިސްތިތާހުކޮށްފައިވަނީ އެ ކޯޕަރޭޝަނުގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހަފުލާގައެއެވެ.
28 Apr 2024
އެފްޑީސީއިން ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކޮށްފި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކޮށްފިއެވެ. ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު މެންދުރުފަހު އެފްޑީސީއިންވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
01 Apr 2024
ބޯހިޔާވަހިކަމުގެ ނަމުގައި އެމްޑީޕީ ސަރުކާރުން ވަނީ ސްލަމްތަކެއް އުފައްދަން މަސައްކަތް ކޮށްފައި - ހަމްދާން ޝަކީލް
ބޯހިޔާވަހިކަމުގެ ނަމުގައި އެމްޑީޕީ ސަރުކާރުން ސްލަމްތަކެއް އުފައްދަން މަސައްކަތް ކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
01 Feb 2024
ޖުލައި ނިމުމުގެ ކުރިން އެފްޑީސީން 11 ޓަވަރު ސަރުކާރާއި ހަވާލު ކުރަނީ
މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން 11 ޓަވަރު ނިންމައި ސަރުކާރާއި ހަވާލު ކުރެވޭނެ ކަމަށް ބުނެފިއެވެ.
23 Jan 2024
އޭސީސީން މައްސަލަ ނިމޭތާ 3 ދުވަސް ތެރޭގައި ފްލެޓް ހަވާލު ކުރާނަން: އެފްޑީސީ
މިދިޔަ ސަރުކާރުން ހުޅުމާލެއިން ދޫކުރި ފުލެޓްތައް ލިބޭ މީހުންގެ ލިސްޓާއި ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލަ ނިންމާތާ 3 ދުވަސް ތެރޭގައި ފްލެޓު އެގްރިމެންޓުގައި ސޮއިކުރަން ފެށޭނެ ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފިއެވެ.