އެޕާޓްމަންޓް އެގްރީމަންޓްގައި ސޮއިކުރުމުގެ ތެރެއިން.. ފޮޓޯ: ވޮއިސް
ހަބަރު
24 Jul 2025 | 18:20
ޕޯޓަލަށް މައުލޫމާތު އަޕްލޯޑްކުރާއިރު، މައުލޫމާތު ފުރިހަމަނުވުމުގެ މައްސަލަ ބޮޑު: އެފްޑީސީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ނިންމާފައިވާ 4،000 އެޕާޓްމަންޓް އެއްބަސްވުމުގައި ސޮއިކުރަން އަންނައިރު، ޕޯޓަލަށް އަޕްލޯޑްކުރަންޖެހޭ މައުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ މައްސަލަ ވަރަށްބޮޑުކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީން) ބުނެފިއެވެ.

ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން އެފްޑީސީގެ ޕްރޮޕަޓީ މެނޭޖްމަންޓްގެ ސީނިއާ އޮފިސަރު އާއިޝަތު އިލްމާ ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ލިޔެކިޔުންތައް ފޮނުވާފައި ހުންނައިރު އެންމެބޮޑަށް ދިމާވާ އެއް މައްސަލައަކީ ފޮނުވާފައި ހުންނަ އައިޑީކާޑުފަދަ ލިޔުންތައް ސާފްވުމުގެ މައްސަލަ ކަަށެވެ. އޭނާ ވިދާޅުވީ ފޮނުވާ ލިޔުންތައް ސާފުކޮށް ފެންނަން ނުހުންނަނަމަ އެ އެއްޗެހި އެގްރީމަންޓްގައި ހިމަނަން އުނދަގޫވާނޭކަމަށާއި، އެހެންކަމުން ލިޔެކިޔުންތައް ވީހާވެސް ސާފުކޮށް ސްކޭންކުރުމަށްފަހު އަޕްލޯޑްކުރުން މުހިއްމު ކަމަށެވެ.

އެފްޑީސީން އެޕާޓްމަންޓްތައް ލިބޭ ފަރާތްތަކާއެކު ސޮއިކުރުމުގެ މަސައްކަތް ހޯމަދުވަހު ފަށާފައިވާއިރު، ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލޭ ސިންތަޓިކް ޓްރެކްގައެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން މިހާހިސާބަށް އާއިރު ޕޯޓަލަށް ފޮނުވި 1300 އަށްވުރެ ގިނަ ފޯމްގެ ލިޔެކިޔުންތައް ފުރިހަމަ ވުމުގައި މައްސަލަ ހުރިއިރު، އެކަމުގެ ސަބަބުން ދުވާލެއްގެ މައްޗަށް ސޮއިކޮށް ނިންމާލެވެނީ ނިސްބަތުން މަދު ފޯމުތަކެއްކަން އެފްޑީސީން ވަނީ ފާހަގަކޮށްފައެވެ.

އެޕާޓްމަންޓް އެގްރީމަންޓްގައި ސޮއިކުރުމުގެ ތެރެއިން.. ފޮޓޯ: ވޮއިސް

އެޕާޓްމަންޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދަނީ، ހައުސިން މިނިސްޓްރީން ފޯމުތައް ވެރިފައިކުރުމަށްފަހު ދޭ ތަރުތީބުންނެވެ. ހައުސިން މިނިސްޓްރީން އެމީހެއްގެ ނަން އެފްޑީސީއަށް ފޮނުވުމުން ގެދޮރުވެރިޔާ ޕޯޓަލުން އެ މައުލޫމާތު އަޕްޑޭޓްވިކަމަށް އެމީހެއްގެ ފޯނަށް މެސެޖެއް ފޮނުވާއިރު، އެއްބަސްވުމުގައި ސޮއިކުރަންޖެހޭ ފަރާތްތަކަށް އެކަން އަންގަނީ، އެފްޑީސީގެ "ފަހި ޕޯޓަލަށް ލޮގިންވުމަށް އަންގާ ޓެކްސްޓް މެސެޖަކުންނެވެ.

އެފްޑީސީ ޕޯޓަލަށް އަޕްލޯޑްކުރަންޖެހޭ ލިޔުންތަކުގެ ތެރޭގައި ފްލެޓް ލިބޭމީހުންގެ އައިޑީކާޑާއި، ހެކިވެރިޔާ އައިޑީކާޑްގެ އިތުރުން ބަދަލުގައި ސޮއިކުރަން މީހަކު ފޮނުވާނަމަ އެމީހެއްގެ މައުލޫމާތު ހިމެނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ގެންދަންޖެހޭ ލިޔެކިއުންތައް:  

1- ކުއްޔަށްހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު 2 ކޮޕީ

2- ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު 2 ކޮޕީ

3- ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި 2 ކޮޕީ

4- ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު

5- އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް

ގެދޮރުވެރިޔާ ސްކީމުން ދޫކުރާ އެޕާޓްމަންޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވާއިރު، މިހާރު ހަމަޖެހިފައިވާގޮތުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައި އޮތް ނަމަވެސް، އެޕާޓްމަންޓް ލިބެއެވެ. 

އެފްޑީސީއިން ތަރައްޤީކުރަމުންދާ 4000 ސޯޝަލް ހައުސިންގ ޔުނިޓް މަޝްރޫޢުގައި 16 ޓަވަރު ހިމެނޭއިރު، 96 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ބުނެއެވެ. އެފްޑިސީން ބުނީ އެޕާޓްމަންޓްތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިންގ މަސައްކަތްތައް ނިންމާފައިކަމަށެވެ. އަދި އަމާޒަކީ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހުރިހާ އެޕާޓްމަންޓްތައް ހަވާލުކޮށް ނިންމާލުންކަމަށްވެސް އެޗްޑީއެފްސީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ