ހއ. އަތޮޅު
16 Nov 2022
ހއ.ދިއްދޫގައި 75 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި
ހއ.ދިއްދޫގައި އެޅުމަށް ނިންމާފައިވާ 75 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި އެވެ.
01 Nov 2022
"ކުރިއަށް އޮތް 3 އަހަރުތެރޭ ބޮޑު ތިލަދުންމަތީގައި 6 ރިސޯޓު ހުޅުވޭނެ"
ކުރިއަށް އޮތް 3 އަހަރުތެރޭ ބޮޑު ތިލަދުންމަތީގައި އިތުރު 6 ރިސޯޓު ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
26 Oct 2022
ދިއްދޫ ބަނދަރާއި، ޖެޓީ ހެދުމުގެ މަސައްކަތުގެ %50 ނިމިއްޖެ
ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ %50 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
20 Oct 2022
ކެލާ އަންހެނުން ތަކެތީގެ އަގު އަތްފޯރާފަށަށް ތިރިކުރީ ވާ ޖަހައިގެން!
ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާތީ، ކެލާގެ ގެއެއްގައި ދެ އަންހެނުން ތަފާތު ގޮތަކަށް އިހުތިޖާޖުކޮށްފިއެވެ.  އެ ދެ އަންހެނުން އިހުތިޖާޖު ކުރާ މަންޒަރު ފެނިގެންދާ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.  އެ ވީޑިއޯގައި ފެނިގެންދަނީ އެ ގޭގައި އާންމުކޮށް ބޭނުންކުރާ ބައެއް ކާބޯތަކެތީގެ ބާވަތްތަކުގައި ވާޖަހާ ފިލާގަނޑެއްގައި އައްސާފައިވާތަނެވެ. އަދި އެ ފިލާގަނޑުގައި "އަތްފޯރާފަށުގައި"، މިފަދައިން ލިޔެފައިވެއެވެ.
18 Oct 2022
"ކޯލިޝަންގައި ތިބީ ހީލަތްތެރިން، އެބޭފުޅުންނަށް ދެން ޖާގަ ނުދެއްވާތި"
ވެރިކަން ދިފާއުކުރައްވަމުން ގެންދަވާ ހުރިހާ ސިޔާސީ ލީޑަރުންނަކީ ހީލަތްތެރިންކަމަށާއި، ދެން އެބޭފުޅުންނަށް ރައްޔިތުން ޖާގަ ނުދެއްވުމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އެދިލައްވައިފިއެވެ.
17 Oct 2022
ރައީސް ޔާމީންގެ ހއ ދަތުރުފުޅުގެ ފަހު މަންޒިން ދިއްދޫއިންވެސް ހޫނު މަރުހަބާއެއް!
ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބޮޑުތިލަދުންމއްޗަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލްކަމަށްވާ ހއ ދިއްދޫއަށް ވަޑައިގެންފިއެވެ.
17 Oct 2022
"އެމްއެމްޕީއާރުސީގެ ހަރާން ލާރި އަޅުގަނޑެއް ނުގެންގުޅެން"
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތުގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ހިންގި ކޮރަޕްޝަންގެ ތެރެއިން ހޯދި ލާރީގައި ޖެހިވަޑައިގެންފައި ނުވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
17 Oct 2022
"މި ގައުމުގައި ސެކިއުލާ ވެރިކަމެއް ކުރާކަށް ޖާގައެއް ނުދޭނަން"
ދިވެހިރާއްޖޭގައި ސެކިއުލާ ނުވަތަ އަލްމާނީ ދައުލަތެއް ހިންގުމަށް ޖާގަ ނުދެއްވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.