ހއ. ހޯރަފުށި
15 Dec 2023
ފަހަތުން އަރައި ވަރުގަދަ ޕާމް ބަލިކޮށް ޓީމު ހިޔާ އިން ސެމީގެ އުންމީދު ދަމަހައްޓައިފި
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީގައި މިހާރު ކުރިއަށްދާ "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ގައި މިރޭ ޓީމު ހިޔާ ފުރަތަަމަ ސެޓް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެ ޓީމު ހިޔާ އިން މުބާރާތުގެ ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފި އެވެ.
15 Dec 2023
ސީދާ ތިން ސެޓުން ޓީއޯ ސްޕޯޓްސް ކުލަބު ބަލިކޮށް ކެލާ ކައުންސިލްގެ ޓީމު ސެމީގެ ޖާގައެއް ކަށަވަރުކޮށްފި
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީގައި މިހާރު ކުރިއަށްދާ "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ގައި މިއަދު ހަވީރު ޓީއޯ ސްޕޯޓްސް ކުލަބާއި ކެލާ ކައުންސިލްގެ ޓީމު ވާދަކުރި މެޗު ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން، ކާމިޔާބުކޮށް ކެލާ އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
14 Dec 2023
ވާދަވެރި ކުޅުމަކަށްފަހު ޓީމު ހިޔާ އަތުން ކެލާ ކައުންސިލްގެ ޓީމު މޮޅުވެއްޖެ
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީގައި މިހާރު ކުރިއަށްދާ "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ގައި މިއަދު ހަވީރު ކެލާ ކައުންސިލްގެ ޓީމާއި ޓީމު ހިޔާ ވާދަކުރި މެޗު، ފޯރިގަދަ ކުޅުމަކަށް ފަހު 3 ސެޓު 2 ސެޓުން ކެލާ ކައުންސިލްގެ ޓީމު ކާމިޔާބުކޮށްފިއެވެ.
14 Dec 2023
ފަހަތުން އަރައި ކެލާ ކައުންސިލްގެ ޓީމު ބަލިކޮށް ޓީމު ޕާމް އިން ފެށުން ރަނގަޅުކޮށްފި
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީ މިހާރު ކުރިއަށްދާ "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ގެ ކުޅުން މިރޭ ފެށިއިރު، މުބާރާތުގެ ފުރަތަަމަ މެޗުގައި ކެލާ ކައުންސިލްގެ ޓީމާއި ޓީމް ޕާމް ވާދަކުރި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކުރީ ޓީމް ޕާމް އެވެ.
08 Dec 2023
"2 ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ގެ ގުރުލުން މިއަދު ބާއްވައިފި!
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީ މިއަހަރުގެ ޑިސެމްބަރު 13 ގައި ފެށުމަށް ހަމަޖެހިފައި އޮތް "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ގެ ގުރުލުން މިއަދު ބާއްވައިފިއެވެ.
05 Dec 2023
"ހޯރަފުށީ ދާއިރާއިން ކަނޑާލި 22 މީހުންގެ ހައްގުގައި ތެދުވާނަން"
ނިމިދިޔަ ސަރުކާރުން އިންޑިއާ އާއި އެކު ފެށި ބޮޓްލިން ޕްލާންޓު މަޝްރޫއުގައި މަސައްކަތްކުރާ ހޯރަފުށީ ދާއިރާގެ 22 މީހަކު ވަޒީފާއިން ކަނޑާލާފައިވާ ކަމަށާއި، އެމީހުންގެ ހައްގުގައި ތެދުވާން ފަސް ނުޖެހޭނެކަމަށް އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
16 Nov 2023
ޖީއެސް ވޮލީބޯޅަ މުބާރާތް ޑިސެމްބަރު 13 ން 19 އަށް
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީ މިއަހަރުގެ ޑިސެމްބަރު 20 ގައި ފެށުމަށް ހަމަޖެހިފައި އޮތް "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ފެށުން ޑިސެމްބަރު މަހުގެ 13 އަށް އަވަސްކޮށްފައިވާ ކަމަށް އެކުލަބުން ބުނެފިއެވެ.
14 Aug 2023
އެމްޑީޕީގެ މައި ރަށްރަށުން ޑރ. މުޢިއްޒު އަށް ހޫނު މަރުހަބާއެއް!
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައިވެސް އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތު އޮތް ބޮޑު ތިލަދުންމަތީގެ ރަށްރަށުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒު އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
02 Aug 2023
ހޯރަފުށި ކައުންސިލްގެ ފުރަތަމަ ފައިގަތަޅާ މުބާރާތް ނިންމާލައިފި!
ހޯރަފުށި ކައުންސިލްގެ ފުރަތަމަ އަންހެން އަދި ފިރިހެން ފައިގަތަޅާ މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
24 Jul 2023
ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް 2023، މީޑިއާ ޕާޓްނަރަކަށް ވޮއިސް!
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީ މިއަހަރުގެ ޑިސެމްބަރު 20 ގައި ފެށުމަށް ހަމަޖެހިފައިވާ 2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފި އެވެ.