ކެލާ ކައުންސިލްގެ ޓީމާއި ޓީމް ޕާމް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
18 Dec 2023 | 09:13
ވާދަވެރި ކުޅުމަކަށްފަހު ކެލާ ކައުންސިލްގެ ޓީމު ބަލިކޮށް، ފައިނަލްގެ ދެވަނަ ޖާގަ ޓީމް ޕާމް އިން ހޯދައިފި

ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީގައި މިހާރު ކުރިއަށްދާ "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ގެ ސެމީ ފައިނަލުގައި އާދީއްތަ ދުވަހުގެ ރޭ ޓީމް ޕާމް އާއި ކެލާ ކައުންސިލްގެ ޓީމު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3 ސެޓް 2 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ޓީމް ޕާމް އިން ހޯދައިފި އެވެ.

ޗެންޕިއަން ޓީމަށް 25000 ރުފިޔާ އަދި ރަނައަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު ހަތަރު ޓީމު ބައިވެރިވިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއް މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭގޮތަށެވެ. އަދި ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބޭގޮތަށެވެ.

ކެލާ ކައުންސިލްގެ ޓީމާއި ޓީމް ޕާމް ވާދަކުރި މެޗުގެ ތެރެއިިން 

އެގޮތުން މުބާރާތުގެ ލީގު ބުރުގެ އެއްވަަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ފުރަތަަމަ ޖާގަ ހޯދީ ޓީމު ހިޔާ އެވެ. އަދި ލީގު ބުރުގެ ދެވަނަ ޓީމް ޕާމް ހޯދި އިރު، ތިންވަނަ ލިބުނީ ކެލާ ކައުންސިލްގެ ޓީމަށެވެ. އަދި ލީގު ބުރުގައި ކެލާ ކައުންސިލްގެ ޓީމާއި ޓީމް ޕާމް ވާދަކުރި މެޗު 3 ސެޓް އެއް ސެޓުން ކާމިޔާބުކޮށްފައިވަނީ ޓީމް ޕާމް އެވެ.

ކެލާ ކައުންސިލްގެ ޓީމާއި ޓީމް ޕާމް ވާދަކުރި މެޗުގެ ތެރެއިިން 

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ސެމީފައިނަލް މެޗުގެ ފުރަތަަމަ ސެޓް 22-25 އިން ކާމިޔާބުކުރީ ކެލާ ކައުންސިލްގެ ޓީމެވެ. ނަމަވެސް ޖެހިގެން އައި ދެސެޓް ޓީމް ޕަމް އިން ވަނީ 25-21 އިން ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައީ ހަތަރުވަނަ ސެޓު ވަރަށް ވާދަވެރި ކުޅުމަކަށްފަހު 29-31 އިން ކެލާ ކައުންސިލްގެ ޓީމު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރުމުންނެވެ. އަދި ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު ފަސްވަނަ ސެޓް 12-15 އިން ކާމިޔާބުކޮށް ޓީމް ޕާމް އިން ވަނީ ތިން ސެޓް ދެ ސެޓުން މެޗު ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ޕާމްގެ ލަަޝިންދު އެވެ.

ޓީމު ޕާމްގެ ލަޝިންދު

މި މުބާރާތުގެ ފައިނަލް މެޗުގައި ޓީމް ޕާމް އާއި ޓީމު ހިޔާ ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ 20:30 ގައެވެ.

މި މުބާރާތަކީ ހޯރަފުށީގައި ވޮލީބޯޅަ ދިރުވައި އާލާކުރުމުގެ އިތުރުން ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި 2021 ވަނަ އަހަރު ހއ.ހޯރަފުށީގައި ހަރަކާތެރިވާ ކުލަބު ޖަމިއްޔާތަކާއި ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުލަބު ޖީއެސް އިން ބާއްވަން ފެށި މުބާރާތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.