ހައްޖު ކޯޕަރޭޝަން
09 Jun 2024
ސަރުކާރުގެ އެހީގައި މަންމަ ކުރި ހައްޖާމެދު ހިތަށް އަރާ އެއްޗެއް!
ހައްޖުމަހުގެ މިމާތް މިދުވަސްކޮޅުގެ ތެރޭގައި ސޯޝަލް މީޑިއާ އެކްސްގައި ދިވެހިންގެ ބަޔަކު ފަށައިގެން އުޅޭ ބަހުސަކުން ހިތަށް ވަރަށް ނުތަނަވަސްކަން ލިބޭތީ ގަލަން ހިއްލައިލަމެވެ. ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެތެރޭގައި ސަރުކާރުން ޚަރަދުކޮށްގެން ފަގީރުންގެތެރެއިން 50 މީހަކު ހައްޖަށް ގެންދިއުމުން އެމީހުންގެ ހައްޖު، ﷲ ތައާލާ ގަބޫލުކުރައްވާނެބާއޭ ނުވަތަ ނޫންބާއޭ މީހުންގެ ހިތްތަކަށް ވަންނަހާ ބޮޑަށް ޚިޔާލުތައް ކަފިވެފައިވެއެވެ.
08 Jun 2024
އެއްވެސް ފަރާތެއްގެ ނުފޫޒެއް ޙައްޖު ކިއު އަކަށް ނުފޯރުވޭނެ: ޝަކީލް
މިއަދު، ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން، އެއްވެސް ފަރާތެއްގެ ނުފޫޒެއް ޙައްޖު ކިއު އަށް ނުފޯރުވޭނެކަމަށެވެ.
02 Jun 2024
އަމާޒަކީ، ޙައްޖަށް ގެންދާ އަގު 50،000ރ އަށް ކުޑަކުރުން: ޝަކީލް
ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ކުރާ ދަތުރުގެ އަގު، 50،000 އަށް ކުޑަކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެވެ.
31 May 2024
ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މިއަދު ފުރާނެ
ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ މީހުންގެ ފުރަތަމަ ގުރޫޕު މިއަދުގެ ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
27 May 2024
ހައްޖާޖީން މިނާގައި ތިބޭއިރު ދޭ ކެއުމުގައި ދިވެހި ރަހަތައް ހިމަނަނީ
ދިވެހި ހައްޖާޖީން މިނާގައި ތިބޭއިރު ދޭ ކެއުމުގައި ދިވެހި ރަހަތައް ހިމެނުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.
14 May 2024
އިލްތިމާސަކީ ޒުވާން ޢުމުރުގައި ވީހާވެސް އަވަހަކަށް ޙައްޖަށް ދިޔުން: ޝަކީލް
1445 ވަނަ އަހަރުގެ ޙައްޖުގެ ތައްޔާރީތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުުން ޝަކީލް ވިދާޅުވީ ޢުމުރުން ދުވަސްވެ ގައިބާރު ދެރަވުމުން ޙައްޖަށް ދާން މަޑުނުކޮށް، ޒުވާން ޢުމުރުގައި ވީހާވެސް އަވަހަކަށް ޙައްޖަށް ދާން ކިއު އަށް އެރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ވަރަށް ގިނަ ބޭފުޅުން، ކިއު ދިގުވީމާ، ކިއުއަށް އަރަން ފަސްޖެހޭކަން ފާަހަގަކުރައްވާ ޝަކީލް ވިދާޅުވީ، ކިއުއަށް އެރުއްވުމުން ޖާގަ ކަށަވަރު ވީ ކަމަށާއި، ކިއުއަށް ނާރާ މަޑުކުރައްވާނަމަ، ކިއު ދާނީ ދިގުވަމުން ކަމަށެވެ. އެހެންކަމުން، ކިއު ދިގުވާތީ، ކިއުއަށް ނާރާ މަޑުނުކުރެއްވުމަށް ޝަކީލް އިލްތިމާޒު ކުރެއްވިއެވެ.
10 May 2024
ނިޔާވި މީހާގެ ޖަނާޒާގެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެމުންމިދަނީ: ޝަކީލް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި އޭޕްރިލް/ މެއި 2024 އުމްރާއަށް ގޮސް ހުއްޓާ ނިޔާވި މީހާގެ ޖަނާޒާގެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް އެ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
30 Apr 2024
ޙައްޖު ދަތުރުތަކުގެ ޚަރަދުކުޑަކުރުމަށް ޙައްޖު ކޯޕަރޭޝަން ރިއަލް އެސްޓޭޓަށް
މިއަދު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ގާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
27 Mar 2024
މައްކާއިން މަދީނާއަށް ދަތުރުކުރާ ޢުމްރާވެރިން 8 ގަޑިއިރު ހޭދަކުރުން ނިމުމަކަށް
މައްކާއިން މަދީނާއަށް ދަތުރުކުރާ ޢުމްރާވެރިން 8 ގަޑިއިރު ހޭދަކުރުން ނިމުމަކަށް ގެެނެސް 2 ގަޑިއިރަށް ލުއިކޮށްދީފިއެވެ.
12 Mar 2024
ޢުމްރާ ދަތުރަކާއިއެކު ހައްޖު ކޯޕަރޭޝަންގެ ރަމަޟާން ކުއިޒް
ޢުމްރާ ދަތުރެއް ހޯދުމުގެ ފުރުޞަތާއެކު ރަމަޟާން ޢުމްރާ ކުއިޒް 1445 ގެ ނަމުގައި ޙައްޖު ކޯޕަރޭޝަނުން ކުއިޒެއް ފަށައިފިއެވެ.