04 Mar 2026
އުމްރާދަތުރު ކެންސަލްކުރި ގުރޫޕްގެ 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަދީފި
އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އަލް އަބްރާރު ޕްރައިވެޓް ލިމިޓެޑް' ގުރޫޕުން މީހުން އަތުން ފައިސާ ނެގުމަށްފަހު، ފަހު ވަގުތު ދަތުރު ކެންސަލްކުރުމުން އުމްރާއަށް ނުދެވުނު މީހުންގެ ތެރެއިން 28 މީހަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެހީތެރިކަން ފޯރުކޮށްދީ، އެ މީހުން އުމްރާއަށް ފުރުވާލައިފިއެވެ.