27 Jan 2023
ހުޅުމާލެ ހޮސްޕިޓަލުގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކް ‏ހުޅުވައިފި
ހުޅުމާލެ ހޮސްޕިޓަލާއި އެޗް.ޑީ.ސީން ގުޅިގެން ހިޔާގެ 16ވަނަ ޓަވަރުގައި ޤާއިމްކުރި، ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ރައީސުލްޖުމްހޫރިއްޔާގެ ފައިޞަލް ނަސީމް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
26 Jan 2023
ނައިބު ރައީސް ބައިވެރިވި ރަސްމިއްޔާތަކަށް ފެން ކޮތަޅު އުކައިފި
ހުޅުމާލެ ހޮސްޕިޓަލުން، ހިޔާގެ 16ވަނަ ޓަވަރުގައި ޤާއިމްކުރި، ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ހުޅުވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތު، ހިނގަމުންދިޔަ ވަގުތު އެސަރަހައްދުގައި ތިބި ހަފްލާގެ ބައިވެރިންނަށް އަމާޒުކޮށް ފެން ކޮތަޅު އުކައިފިއެވެ.
26 Jan 2023
ހުޅުމާލެ އިން ގޯތި ލިބޭ މީހުން މާޗް މަހު އިއުލާންކުރަނީ
މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން ގޯތި ދޫކުރާ ސަރަހައްދުގެ ބިން ސާފުކޮށް ބަންޑާރަ ގޯތި ދޫކުރުމަށް ތައްޔާރުވާން ފަށައިފި އެވެ.
26 Jan 2023
ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއް ހުޅުމާލޭގައި ގާއިމު ކުރަނީ
ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއް ހުޅުމާލޭގައި ގާއިމު ކުރަން ހައުސިންގް ޑިވިލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.
21 Jan 2023
އެފްޑީސީގެ 13 ޓަވަރަށް މިއަހަރު އޯގަސްޓު މަހުގައި މީހުން ވަންނާނެ!
ފަހިދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓުގެ ތެރެއިން ފުރަތަމަ ތޭރަ ޓަވަރުގެ މަސައްކަތް ނިންމާ މިއަހަރު ނިމުމުގެ ކުރިން އެ ތަންތަނުގައި މީހުން ދިރިއުޅެން ފަށާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
21 Jan 2023
އަމާން ފްލެޓް ބަލާލަން އާއްމުންނަށް ހުޅުވާލައިފި
ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފަހިދިރިއުޅުން ކޯރޕަރޭޝަނުން ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތެރެއިން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރަމުން އަންނަ 3 ކޮޓަރީގެ ފްލެޓްތައް ބަލާލުމަށް އާންމުންނަށް ހުޅުވާލައިފިއެވެ. ފަހިދިރިއުޅުން ކޯރޕަރޭޝަނުން "ވޮއިސް" އަށް މައުލޫމާތު ދިންގޮތުގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ14:00 - 16:00 އަށް ފްލެޓް ބަލާލުމަށް އާންމުންނަށް ވަދެވޭނެއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން އިން މާލެ ސަރަހައްދުގައި ހިންގާ ޕްރޮޖެކްޓް ތަކުގެ ނަމަކީ "އަމާން" އެވެ.
17 Jan 2023
މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގގެ މައްސަލައަށް ބޮޑު ހައްލެއް!
މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ހައްލެއް ހޯދުމަށް, ހުޅުމާލެއިން ހެވީ ވެހިކަލް ޕެއިޑް ޕާކިންގ ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމަށް ހަމަޖެހިއްޖެއެވެ.
14 Jan 2023
ހިޔާ ސަރަހައްދުގައި ހުޅުމާލޭ ހޮސްޕިޓަލުގެ ކުލިނިކެއް ހުޅުވަނީ!
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ކުލިނިކެއް ހުޅުވަން ނިންމައިފިއެވެ.