ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)
30 Jun 2024
ޖަމީލުގެ މަރާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން: އެޗްއާރުސީއެމް
ޖަމީލުގެ މަރާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވެސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ. އެގޮތުން، ޖަމީލުގެ ހަށިގަނޑު ބަލާ، ފޮޓޯ ނަގާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ފަރާތުންނާއި، އާއިލާގެ ފަރާތުން މަޢުލޫމާތު ސާފުކޮށް، މުޙައްމަދު ޖަމީލްގެ މެޑިކަލް ފައިލްވެސް ބަލާފައިވާކަން އެޗްއާރްސީއެމް އިން ވަނީ ހާމަކޮށްފައެވެ.
16 Jun 2024
ގޭގެ ވެރިފަރާތުން ފެންކަނޑާލުމުގެ މައްސަލަތައް އެޗްއާރްސީއެމް އިން ތަޙްޤީގުކުރަނީ
މިއަދު އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފަހަކަށް އައިސް، ގޭގެ ވެރިފަރާތުން ފެންކަނޑާލުމުގެ މައްސަލަތައް އެ ކޮމިޝަނަށް ހުށަހަޅަމުން ދާކަން ފާހަގަކުރެވޭ ކަމަށެވެ. މި ކަމާ ގުޅިގެން އެޗްއާރްސީއެމުން ބުނެފައިވަނީ، މިއީ ވަރަށް ކަންބޮޑުވާކަމެއް ކަމަށާއި، މި މައްސަލަތައް ތަޙްޤީގުކުރަމުން ދާކަމަށެވެ.
06 Jun 2024
އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައި، ބުނެފައިވަނީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ހުޅުވާލާފައިވާކަމަށެވެ.
15 Apr 2024
ކެނޑިޑޭޓުންނާ ގުޅޭގޮތުން ދޮގު ވާހަކަ ނުފެތުރުމަށް އެްޗްއާރުސީއެމް އިން އިލްތިމާޒުކުރައްވައިފި
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއި ޕާޓީތަކާ ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުމުން އެންމެހާ ފަރާތްތަކުން ދުރުހެލިވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން އިލްތިމާސްކޮށްފިއެވެ.
03 Apr 2024
ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުގެ ގޮނޑި ގެއްލޭނެކަމަށް %73 މީހުން ގަބޫލުކުރޭ
ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ އެ މެމްބަރުގެ ގޮނޑި ގެއްލެން ޖެހޭ ކަމަށް %73 މީހުން ގަބޫލުކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހެދި ސާވޭ އަކުން ދައްކައިފިއެވެ.
12 Feb 2024
ލިސްޓް ބާތިލްކޮށް އަލުން އިއުލާން ނުކުރާނެކަމުގެ ޔަޤީންކަން މިނިސްޓްރީން ވަނީ ދީފަ: އެޗްއާރުސީއެމް
ނިމިދިޔަ އިބުރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެންމެފަހުވަގުތު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ދިނުމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓް ބާތިލްކޮށް އަލުން އިޢުލާނު، ނުކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ދީފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން (އެޗްއާރުސީއެމް) ބުނެފިއެވެ.
15 Nov 2023
އެޗްއާރުސީން ކަންބޮޑުވުން ފާޅުކޮށްފި
އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގައި ދައުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ރައީސުލް ޖުމްހޫރިއްޔާ މާފު ދެއްވުމުން ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
06 Nov 2023
އަސާސީ ހައްޤެއް ހިފެހެއްޓޭނީ ޤާނޫނާ ތަޢާރަޒް ނުވާގޮތަށް
ފެލިދޫ ކައުންސިލްގެ ފަރާތުން ނިންމާފައިވަ ނިންމުމަކީ ގާނޫނު އަސާސީގެ ދަށުން އެ ކައުންސިލަށް ލިބިދޭ ބާރެއް ނޫންކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރސީއެމް) އިން ބުނެފިއެވެ.