އިންޑިއާ-ރާއްޖެ
17 Sep 2022
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް އިންޑިއާ މީހެއް ބޮޑުކަމުގޮސްފި
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް އިންޑިއާ މީހެއް ބޮޑުކަމުގޮސްފި
04 Jun 2022
ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުމަކީ ރާއްޖޭގެ ބައެނަލްއަގްވާމީ ގުޅުންތަކުގެ އެންމެ މުހިއްމު މަސްލަހަތު
ވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮންނަ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަކީ ވަރަށް ދުވަސްވީ ގަދީމީ، ދެގައުމުންވެސް ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ގުޅުމެކެވެ. އުފެދިފައި އޮތްގޮތާއި، އާބާދީއާއި، ސައިޒުގެ ގޮތުން، އަދި އެހެން ގޮތްގޮތުންވެސް ދެގައުމު ދެމެދު ބޮޑެތި ތަފާތުތަކެއް ހުރިނަމަވެސް، ރާއްޖޭގެ ޞިއްހީ އަދި ތަޢުލީމީ ދާއިރާއަށާއި، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި އެތެރެ ކުރުމަށާއި، ޖުމްލަކޮށް ތަރައްގީގެ ބޭނުންތަކަށް، އަދި އިމަރޖެންސީތަކުގައި ރާއްޖެއަށް ބޭނުންވާ ހުރިހާ މަދަދެއް އެންމެ އަވަހަށް ލިބިގަތުމަށް، އެހެން އެއްވެސް ގައުމެއްގެ އެހީތެރިކަން ބޭނުންވާ ވަރަށްވުރެ ބޮޑަށް އިންޑިޔާގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވެއެވެ. ހަމަ އެފަދައިން އިންޑިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖޭގެ ރަހްމަތްތެރިކަމާއި އެއްބާރުލުން އިންޑިޔާއަށް ބޭނުންވާނެއެވެ. ގުދުރަތީގޮތުން އިންޑިޔާ އުފެދިފައިވަނީ ދިވެހިރާއްޖެއާ އެންމެ ކައިރީގައިއޮތް އަވަށްޓެރި ގައުމުގެ ގޮތުގައެވެ.
27 Apr 2022
އިންޑިއާ ރުއްސަން ނަޝީދު ދިވެހިންގެ ހިތުގައި ޗައިނާއާމެދު ނަފްރަތު އުފެއްދުން
އެކުވެރި ގައުމުތަކާއި ދިވެހި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރުވައި ނަފްރަތު އުފެއްދުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ކަނޑައަޅައި އެކަން ހުއްޓުވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނެރުއްވާފައިވާ ގަރާރަށް ގޮންޖައްސަވައި އެމަނިކުފާނު އަމިއްލަ ޕާޓީގެ ލީޑަރ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗައިނާއިން ރާއްޖޭގައި ޑިކްޓޭޓަރ ޝިޕެއް އުފައްދަން ބޭނުންވާކަމަށް ވިދާޅުވެއްޖެއެވެ.
16 Mar 2020
ވޮއިސް އިންވެސްޓިގޭޓް: ޖީއެމްއާރަށް އެއަރޕޯޓްދިނުމުގެ ފަހަތުގައިވާ ބޮޑު ވައްކަން!
އިންޑިޔާގެ އަމިއްލަ ވިޔަފާރިވެރިއެއްކަމުގައިވާ އަދި މެކޭނިކަލް އިންޖިނިއަރެއްކަމުގައިވާ ގްރަންދި މަލިކަރްޖުނާ ރާއޯ ނުވަތަ ޖީއެމް ރާއޯ 1978 ވަނަ އަހަރު އުފެއްދި ކުންފުންޏެއްކަމުގައިވާ، ޖީއެމް ރާއޯ ގްރޫޕްއަށް ( ޖީއެމްއާރް ގްރޫޕް ) ދިވެހި ރާއްޖޭގެ ރަސްމީ ވައިގެބަނދަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010ވަނަ އަހަރު ދޫކުރުމަށްކުރި އެއްބަސްވުން، 2012 ވަނަ އަހަރު މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވުމާއެކު ދެން އައި ސަރުކާރުން ބާތިލްކޮށް ދިވެހި ދައުލަތުން 271 މިލިޔަންޑޮލަރުގެ ބޮޑު ބަދަލެއް އާބިޓްރޭޝަންގެތެރެއިން ނިންމައި ޖީއެމްއާރް ގްރޫޕަށް ދިނުމަށްފަހު އެއަރޕޯޓްގެ މިލްކުވެރިކަން އަނބުރައި އަތުލި އަތުލުން މިވަނީ އަޅުގަނޑުމެންގެ ތާރީޚްގެ ތެރެއަށް ވަދެގެންގޮސްފައެވެ. ވަރަށްގިނަ ސިޔާސީ ޑްރާމާތައް ރާއްޖޭގެ ރަސްމީ ވައިގެބަނދަރު ޖީއެމްއާރްއަށް ދިނުމާއި އެއްކޮޅު މީހުންނާ ދެކޮޅު މީހުންގެ ފުށުން އަޅުގަނޑުމެން ދެކެފީމެވެ. އެއްކޮޅު މީހުންގެ އާގިއުމަންޓަކީ އެކަމުން ދިވެހި ދައުލަތަށް ލިބެން އޮތް ބޮޑު ފައިދާއެކެވެ. ދެކޮޅު މީހުން، އެކަމުން ދިވެހި ދައުލަތަށް ލިބޭ ގެއްލުމުގެ ބޮޑު ކަމުގެ ވާހަކައެކެވެ. އެކަމަކު މިދެބައިމީހުންކުރެ ބަޔަކަށް އަސްލު މިއެއްބަސްވުމުގެ ފަހަތުގައިވާ ސްޓޯރީއެއް އެގޭހެންނެއް ހިއެއްނުވެއެވެ.