17 Sep 2023
"އުތުރުތިލަފަޅު ދިނީ ކުރީ ސަރުކާރުންނޭ ބުނުމަކީ އޮޅުވާލުމެއް"
ކ. އުތުރު ތިލަފަަޅުގައި ތަރައްގީ ކުރަމުންދާ "އެކަތަ" ބަނދަރު ހަދަން އިންޑިއާއާ ހަވާލުކުރީ ކުރީގެ ސަރުކާރުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް ކަމަށް އެ ސަރުކާރުގައި އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނެވި ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
14 Sep 2023
"އިންޑިއާ ސިފައިން ރާއްޖެއިން ބޭލޭނީ ޑޮކްޓަރުންނާއި ޓީޗަރުންނާއި ވެސް އެކު"
ޤަވައިދާއި ޚިލާފަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް އިންޑިއާ ސަރުކާރާއި ކުރިމަތިލުމުގެ ހިތްވަރު، އެކަން ކުރައްވާނެކަމަށް ވިދާޅުވަމުން ގެންދަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ކިބައިގައި އެބަހުރި ތޯ އައްސަވާ އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން މޫސާ މަނިކު (ރީކޯ) ސުވާލު ކުރައްވައިފި އެވެ.
13 Sep 2023
"ސިޔާސީ މީހުންނަށް ޖަވާބުދޭން ސިފައިންނެއް ނުނެރެން"
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި، އަދުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ދިވެހި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ވިދާޅުވެ، ސިފައިންނަށް ކުޑައިމީސް ކުރެއްވުމުން، އެކަން ދިފާއު ކުރައްވަން ވާހަކަ ދައްކަވަން ސިފައިން ނުނެރުއްވާ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
12 Sep 2023
މިދިޔަ މަހު ރާއްޖެއަށް އައި އިންޑިއާ ސިފައިންގެ ނަންތައް އާންމުވެއްޖެ
މިދިޔަ މަހު ދިވެހިރާއްޖެއަށް އައި އިންޑިއާ ސިފައިންގެ ނަންތައް ހާމަވެއްޖެއެވެ.
11 Sep 2023
"އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތް ބާނާތީ ޔޫއެންއަށް ހުށަހެޅި"
އަވަށްޓެރި އިންޑިއާ އިން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް އަތްބާނާތީ, ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި އެ މައްސަލަ ޔޫއެން އަށްވެސް ހުށަހެޅުއްވި ކަމަށް، ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
11 Sep 2023
ދިވެހިރާއްޖެއަކީ މުސްތަޤިއްލު ޤައުމެއްތޯ މިހާރު ސުވާލު އުފެދޭ!
މިހާރު ދިވެހި ރާއްޖެއަކީ މުސްތަޤިއްލު ޤައުމެއްތޯ ސުވާލު އުފެދޭ ކަމަށް ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
11 Sep 2023
"އިންޑިއާ ސަފީރު އުޅެނީ އިސްތިޢުމާރީ ބާރު ތަމްސީލުކުރާ ގަވަރުނަރެއް ހެން"
ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އުޅުއްވަނީ އިސްތިއުމާރުގެ ޒަމާނުގައި އިސްތިއުމާރީ ބާރުތަކުގެ ގަވަރުނަރުން އުޅުއްވި ގޮތަށްކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުالله ދީދީ ވިދާޅުވެއްޖެއެވެ.
08 Sep 2023
"އެހެން ގައުމެއްގެ ބާރު ހިނގާ ހިސާބަށް ދިޔުމުން ވިސްނަންޖެހޭ"
ދިވެހިރާއްޖޭގައި އެހެން ގައުމެއްގެ ބާރު ހިނގަމުންދާ ކަމަށާ، އެކަމަކީ، މާދަމާ ރިޔާސީ އިންތިހާބުގެ ވޯޓުލާން ދާއިރު ވިސްނަންޖެހޭ ކަންކަން ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.