އިންޑިއާ-ރާއްޖެ
11 Sep 2023
ދިވެހިރާއްޖެއަކީ މުސްތަޤިއްލު ޤައުމެއްތޯ މިހާރު ސުވާލު އުފެދޭ!
މިހާރު ދިވެހި ރާއްޖެއަކީ މުސްތަޤިއްލު ޤައުމެއްތޯ ސުވާލު އުފެދޭ ކަމަށް ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
11 Sep 2023
"އިންޑިއާ ސަފީރު އުޅެނީ އިސްތިޢުމާރީ ބާރު ތަމްސީލުކުރާ ގަވަރުނަރެއް ހެން"
ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އުޅުއްވަނީ އިސްތިއުމާރުގެ ޒަމާނުގައި އިސްތިއުމާރީ ބާރުތަކުގެ ގަވަރުނަރުން އުޅުއްވި ގޮތަށްކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުالله ދީދީ ވިދާޅުވެއްޖެއެވެ.
08 Sep 2023
"އެހެން ގައުމެއްގެ ބާރު ހިނގާ ހިސާބަށް ދިޔުމުން ވިސްނަންޖެހޭ"
ދިވެހިރާއްޖޭގައި އެހެން ގައުމެއްގެ ބާރު ހިނގަމުންދާ ކަމަށާ، އެކަމަކީ، މާދަމާ ރިޔާސީ އިންތިހާބުގެ ވޯޓުލާން ދާއިރު ވިސްނަންޖެހޭ ކަންކަން ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
07 Sep 2023
"ރައީސް ޞާލިހް އަށް ދޭ ވޯޓަކީ އަޅުވެތި ކަމަށް ދޭ ވޯޓެއް"
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަށް ދޭ ވޯޓަކީ އަޅުވެތި ކަމަށް ދެވޭ ވޯޓެއް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
07 Sep 2023
ފަތުރާ ހަބަރުތަކުން އިންޑިއާގެ ގާތް ގުޅުމަށް ބުރުއަރާނެ: ފޮރިން މިނިސްޓްރީ
މީޑިޔާތަކުގައި ފަތުރަމުންދާ ހަބަރުތަކާއި ގުޅިގެން އިންޑިޔާ އާއި ދިވެހިރާއްޖޭގެ ގުޅުމަށް ބުރޫ އަރާނެކަމުގައި ފޮރިން މިނިސްޓްރީން ބުނެފިއެވެ.
07 Sep 2023
ރާއްޖެއިން 30 ހެކްޓަރުގެ ބިން ދިނުމަށް އެދިފައިވާ ސިޓީއެއް
ދިވެހިރާއްޖެއިން 30 ހެކްޓަރުގެ ބިން، އިންޑިޔާ ސިފައިންނަށް ދިނުމަށް އެދި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.ސުބްރަމަނިޔަން ޖައިޝަންކަރު ރާއްޖޭގެ ޚާރިޖީވަޒީރު އަބްދުالله ޝާހިދަށް ފޮނުއްވާފައިވާ، ސިޓީއެއް ލީކު ވެއްޖެއެވެ.
25 Aug 2023
"އިންޑިޔާއާއި ދެކޮޅަށް ފަތުރަނީ ނުރައްކާތެރި ޕްރޮޕެގެންޑާ ތަކެއް"
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ހަނި ވިސްނުން ގެންގުޅޭ ލީޑަރުން ތަކެއް، އަވަށްޓެރި އިންޑިޔާއާއި ގުޅިގެން ނުރައްކާތެރި ޕްރޮޕެގެންޑާ ތަކެއް ފަތުރަމުންދާ ކަމަށާ، އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެއެވެ.
21 Aug 2023
"ގައުމުގެ އެއްބައި ދޭން އިންޑިއާ އިން އެދުނަސް ޖެހޭނީ ދޭން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިސަރުކާރުން އިންޑިއާއިން ނަގާފައިވާ ލޯނުތައް ނުދެއްކިއްޖެ ހާލަތެއްގައި ދިވެހިރާއްޖޭގެ އެއްބައި ދިނުމަށް އެ ގައުމުން އެދުނު ކަނުގައި ވިޔަސް ދޭން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.