ލައިފްސްޓައިލް
30 Dec 2022
މިއޮތީ ތަފާތު އަދި އެހާމެ މީރު ގޮތަކަށް މަސްބަތް ތައްޔާރު ކުރާނެގޮތް!
މަސްބަތަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ދިވެހި ކެއުމެކެވެ. އެކި މީހުން މަސްބަތް ކައްކައި އުޅެނީވެސް އެކި ގޮތަށެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ތަފާތު އަދި ވަރަށް މީރުކޮށް މަސްބަތް ކައްކާނެ ގޮތެވެ.
23 Dec 2022
މި ހުކުރު މެންދުރަށް ރިހާކުރު ދިޔަ ކިހިނެއް ވާނެ؟
ހުކުރު ދުވަހަކީ ޚާއްސަ ދުވަހަކަށްވާއިރު، އެކި ހުކުރު އެކި ކަހަލަ ކެއުންތަކަށް ސުފުރާމަތި ޚާއްސަކޮށްލާ ގެތައްވެސް މަދެއް ނުވާނެއެވެ. މިއަދު 'ވޮއިސް'ގެ ބަދިގެއިން މި ގެނެސްދެނީ، ދިވެހި ކެއުންތަކަށް ލޯބިކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ޑިޝް ކަމަށްވާ ރިހާކުރު ދިޔަ ތައްޔާރުކުރާނެ ގޮތެވެ. ރިހާކުރު ދިޔަ އަކީ، ބަނބުކެޔޮ ބަތާއި، ބަރަބޯ ބަތް އަދި އާދައިގެ ބަތުގެ އިތުރުން ހުނި ރޮށްޓާއި އެކު ކާލަންވެސް އެއްވަނައިގެ އެއްޗެކެވެ.
22 Dec 2022
މިއޮތީ ގުލާބު ޖާމުން ވަރަށް މީރުކޮށް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީ
އިންޑިއަން ޑިޝް ތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ކެއުންތަކެކެވެ. ޚާއްސަކޮށް އިންޑިއާ މީހުން ތައްޔާރުކޮށް އުޅޭ ފޮނި ބާވަތްތަކަށް ލޯބިކުރާ ވަރަށް ގިނަ ދިވެހިން އުޅެއެވެ. އެހެންކަމުން، 'ވޮއިސް' ގެ ބަދިގެއިން މިއަދު މި ގެނެސްދެނީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ފޮނިބާވަތެއް ކަމަށްވާ ގުލާބް ޖާމުން ތައްޔާރުކުރާނެ ގޮތެވެ.
17 Dec 2022
"ބީވީމާ" ފެބުރުއަރީ 6ގައި އޮލިމްޕަހަށް!
ދިގު އިންތިޒާރަކަށްފަހު ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ބީވީމާ" އަންނަ އަހަރުގެ ފެބުރުއަރީމަހު ޕްރިމިއާ ކުރާނެކަން އިއުލާނުކޮށްފި އެވެ.
16 Dec 2022
މިއަދު މެންދުރަށް މިގޮތަށް މެގްނަމް ޕުޑިން ހަދާލަން ކިހިނެއް ވާނެ؟
ހުކުރު ދުވަހު މެންދުރު މީރުކޮށް ކެއުމަށްފަހު އަނގަ ފޮނި ކޮށްލުމަށް ކޮންމެވެސް އެއްޗެއް ކެއުމަކީ ގިނަ މީހުން ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 'ވޮއިސް' ގެ ބަދިގެއިން މި ހުކުރު ގެނެސްމިދޭ ރެސިޕީ މި ޚާއްސަ ކޮށްލަނީ އެފަދަ ފަރާތްތަކަށެވެ.
09 Dec 2022
މިހުކުރު ސައިޑް ޑިޝްއަކަށް ސީޒަ ސެލެޑް ކިހިނެއް ވާނެ؟
ސީޒަ ސެލެޑަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު މީރު ސެލެޑެކެވެ. މިއީ ސައިޑް ޑިޝް އެއްގެ ގޮތަށް ކުކުޅާއި އެކުގަޔާއި، އިތުރު އެއްޗަކާއި ނުލައި ކާލަންވެސް ވަރަށް މީރު ސެލެޑެކެވެ.
07 Dec 2022
ތަކެތީގެ އަގުބޮޑުވާއިރު ފަރާޓާވެސް ދެން ގޭގައި ތައްޔާރުކުރަން ދަސްކޮށްލަމާ!
ތަކެތީގެ އަގުތައް މިހާރު އަންނަނީ އިންތިހާއަށް މައްޗަށް އުފުލެމުންނެވެ. އެހެންކަމުން ފަރާޓާ ފަދަ ތަކެތި ގަނެގެން ކެއުން މިވަނީ އަތުން އެތައް ޚަރަދެއް ދާ ކަމަކަށްވެފައެވެ. އެހެންކަމުން 'ވޮއިސް'ގެ ބަދިގެއިން މި ގެނެސްދެނީ މާ ބޮޑު ޚަރަދެއް ނުކޮށް މީރުކޮށް ގޭގައި ފަރާޓާ ތައްޔާރު ކޮށްލާނެ ގޮތެކެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.
02 Dec 2022
މިއީ އޯރިއޯ އާއި ފޮނި އެއްޗެހި ކާހިތްވާ ކުދިންނަށް ޚާއްސަ ރެސިޕީ އެއް
ހުކުރު ދުވަހަކީ ހުރިހާ އެންމެނަށްވެސް ވަރަށް ޚާއްސަ ދުވަހެކެވެ. އެހެންކަމުން މިއަދު މޮ ގެނެސްދެނީ މި ޚާއްސަ ދުވަހު، މެންދުރު ކެއުމަށްފަހު އަނގަ ފޮނިކޮށްލަން ކާލާނެ ވަރަށް ވެސް މީރު ޑެޒާޓެކެވެ.