20 Nov 2022
ހެނދުނު ސަޔަށް އޯޓްސް ސްމޫތީ ތައްޔާރު ކޮށްލަމާ
ހެނދުނު ސަޔަށް އޯޓްސް ސްމޫތީ އެއް ބުއިލުމުން ދުވަސް ފެށިގެންވެސްދާނީ ސިއްހަތަށް ފައިދާ ހުރި ބުއިމަކުންނެވެ. މިއީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް އެމަނިކުފާނުގެ ހެނދުނު ނާސްތާއަށް ހިއްޕަވާ ބުއިން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އޯޓްސް ސްމޫތީ އަކީ ތައްޔާރު ކޮށްލަންވެސް ވަރަށް ފަސޭހަ ބުއިމެކެވެ.