ލައިފްސްޓައިލް
15 Aug 2024
ބަނޑުގައި ވައި ހެދޭ ނަމަ ސަމާލުކަންދޭންވީ މިކަންކަމަށް!
ގޭސްޓްރައިޓިސް ނުވަތަ ބަނޑުގެ ވައި ހެދުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ އުދަނގުލެކެވެ. އެކަމުން ސަލާމަތްވުމަށާ، އެކަމަށް ފަރުވާ ކުރުމަށް ޑޮކްޓަރީ ބޭހުގެ އިތުރުންވެސް ކުރެވޭނެ ގިނަ ކަންކަން ހުރެއެވެ. އެގޮތުން، ކެއުމުގައި ކަންކަމަށް ސަމާލުވެ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެންވެސް ގޭހުގެ އުނދަގޫ ކުޑަކުރެވިދާނެއެވެ. އެހެންކަމުން، މި އާޓިކަލްގައި ބަލާލާނީ ގޭހުގެ އުނދަގުލުން ސަލާމްވުމަށް ކުރެވުދާނެ ބައެއް ކަންކަމަށެވެ.
14 Aug 2024
މޫނުގައި ބިހި ނަގައި، ލަކުނު ހުންނާތީ ކަންބޮޑުވޭތަ؟ މިއޮތީ ތިކަމުގެ ހައްލު!
މޫނުގައި ބިހި ނެގުމާއި އަދި ލަކުނު ހުރުމަކީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ. އެކަން ހައްލު ކުރުމަށް އަގުބޮޑު ކްރީމް ތަކާއި ފޭސްވޮޝްތަކުގެ އިތުރުން ބާރުގަދަ ކެމިކަލް ހިމެނޭ ތަކެތިވެސް މޫނުގައި އުނގުޅާ މީހުން މަދެއް ނޫނެވެ.
12 Aug 2024
ރެސިޕީ: ސޫޕް
ވިއްސާރަ ދުވަސް ދުވަހާއި ވިއްސާރަ ނޫން ދުވަސް ދުވަހުވެސް ސޫޕް ތައްޓެއް ބުއިމަކީ ހިތްހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. އެހެންކަމުން މިއަދު 'ވޮއިސް'ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ވެޖެޓެބަލް ސޫޕް ތައްޔާރު ކޮށްލާނެ ގޮތެވެ.
09 Aug 2024
ރެސިޕީ: ލައިމް ޗިކަން
މި ލައިމް ޗިކަން އަކީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ވަރަށް މީރު އެއްޗެކެވެ. ހާއްސަކޮށް ހުކުރު ދުވަހު ތަފާތު ކޮށްލުމަށް މިގޮތަށް ކުކުޅު ހަދާލުމަކީ ކޮންމެހެން ޓްރައި ކުރަންޖެހޭ ކަމެކެވެ.
08 Aug 2024
ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ ހައްލު ކުރުމަށް ދެވިދާނެ ގުދުރަތީ ފަރުވާ
ބޮލުން އިސްތަށި ފޭބުމަކީ ގިނަ ބައެއްގެ އޮންނަ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ މައްސަލަ ހައްލުކޮށް، އިސްތަށިގަނޑު ވަރުގަދަކޮށްދީ، ދިގު ކޮށްދިނުމަށް އެހީތެރިވެދޭ ތަފާތު ގުދުރަތީ ފަރުވާތައް ވެސް އެބަހުއްޓެވެ. މިއީ ޒަމާނުއްސުރެ މީހުން ބޭނުންކުރަމުން އަންނަ އަދި ބައެއް ޢިލްމީ ހެކިތަކުންވެސް ކަށަވަރުވެފައިވާ އިސްތަށިގަނޑަށް ދެވިދާނެ ގުދުރަތީ ފަރުވާތަކެވެ.
07 Aug 2024
ޑައިޓް ކުރާއިރު، ރޭގަނޑު ކެއުމަށް މި ތަކެތި ޚިޔާރު ކުރުން ބުއްދިވެރި!
ޑައިޓެއްގައި ތިއްބަވައިގެން ރޭގަނޑުގެ ކެއުމަށް ކާންވީ ކޮން އެއްޗެއްތޯ ވިސްނާއިރު، ކެލޮރީ މަދު ނަމަވެސް ކޮންމެހެން ބޭނުންވާ ނިއުޓްރިއެންޓްސް ގިނަ ބެލެންސްޑް، ނިއުޓްރިޝަންސް ކާނާތަކަށް ފޯކަސް ކުރުން މުހިންމެވެ. މިއީ ދުޅަހެޔޮ ކާނާ ކެއުމުގެ އުސޫލުތަކާ އެއްގޮތްވާ އަދި ދިވެހީންގެ ރަހަތަކާއި އާދަކާދަތަކަށް އެޑެޕްޓް ކުރެވިދާނެ ބައެއް ޚިޔާލުތަކާއި އިރުޝާދުތަކެވެ.
06 Aug 2024
ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެލޯވެރާއިން ދެވިދާނެ ގުދުރަތީ ފަރުވާ
އެލޯ ވެރާ އަކީ ހަންގަނޑަށް ފަރުވާ ދިނުމަށް މަގުބޫލު ގުދުރަތީ ފަރުވާއެކެވެ. އެއީ ފިނިކޮށްދޭ، ތެތްކޮށްދޭ، އަދި ޝިފާ ލިބޭ މާއްދާއެއްގެ ގޮތުގައިވެސް މަޝްހޫރު އެއްޗެކެވެ. އެހެންކަމުން ހަންގަނޑު ރީތި ކުރުމަށް އެލޯވެރާ ފަތް ބޭނުންކުރާނެ ގޮތްތަކާއި އެއިން ހަންގަނޑަށް ވާނެ ފައިދާތަކަށް މި އާޓިކަލްގައި އަލިއަޅުވާލާނަމެވެ.
05 Aug 2024
ބަރުދަން ލުއި ކުރުމަށް ލުނބޯ ހުތް ބޭނުންކުރެވިދާނެ ގޮތްތައް!
ލުނބޮލަކީ ބަރުދަން ލުއި ކުރުމަށް އެހީވެދޭ އެއްޗެއް ކަމަށް ގިނަބަޔަކު ބުނާ އަޑު އަހަމެވެ. އަދި މިކަން ދިރާސާ ކޮށްލުމުން، މީހުންގެ މި ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ސައިންޓިފިކް އަސާސެއް އެބައޮތްކަންވެސް އެނގިގެން ދެއެވެ. އެހެންކަމުން ލުނބޯއިން ބަރުދަން ލުއިވަނީ ކީއްވެ ކަމާއި ބަރުދަން ލުއި ކުރުމަށް ލުނބޯ ބޭނުން ކުރެވިދާނެ ގޮތްތަކަށް ކުޑަކޮށް ބަލައިލާނަމެވެ.
19 Jul 2024
ރެސިޕީ: ޓޫނާ އެގް ސެލެޑު
މިއަދު “ވޮއިސް”ގެ ބަދިގެއިން މި ގެނެސްދެނީ ރޭގަނޑު ގަދަޔަށް ކެއުމުގެ ބަދަލުގައި ކާލާނެ ސެލެޑެއްގެ ރެސިޕީއެވެ. ރޭގަނޑު އިރާކޮޅު 7 ގެ ކުރިން މި ސެލެޑް އެކަނި ކެއުމުންވެސް އެރެއަށް ފުދޭ ވަރަށް ހުންނާނީ ކެވިފައެވެ.
16 Jul 2024
ރެސިޕީ: ގަރުދިޔަ އާއި ބަތް
ގަރުދިޔަ އާއި ބަތަކީ ޒަމާނުއްސުރެ ދިވެހިންގެ ކެއުމުގައި ހިމަނަމުން އަންނަ ސިއްޙީ އެތަކެއް ފައިދާތައް ހުރި ކެއުމެކެވެ. މިއީ ތައްޔާރު ކޮށްލަންވެސް އެހާ އުނދަގޫ ކެއުމެއް ނޫނެވެ. ބޭނުންވާ ތަކެތިވެސް އެހާމެ މަދެވެ.