ރައްޔިތުންގެ މަޖިލިސް
18 Jun 2025
ނިމިފައިވާ މަޝްރޫޢުތަކުގެ ޚިދުމަތް ނުފެށެނީ ބައެއް ލިޔެކިޔުންތައް މަދުވެގެން
އެކި ރަށްރަށުގައި ކުރިއަށް ގެންގޮސް ނިންމާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިމިފައިވީ ނަމަވެސް، އެ ޚިދުމަތް ދޭން ނުފެށެނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ލިޔުންތައް މަދުވެގެން
18 Jun 2025
ސައިޓް ހަމަޖެހުނުހާ އަވަހަށް އައްޑޫ ލިންކު ރޯޑުގެ މަސައްކަތް ފެށޭނެ
އާރްޑީސީއަށް ސައިޓް ހަމަޖެހުނުހާ އަވަހަށް، އައްޑޫގެ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
18 Jun 2025
ތައުލީމާއި ސިއްހީ ދާއިރާގެ އިތުރު ގަޑީގެ މުސާރަ މުރާޖާ ކުރުމަަށް ގަރާރެއް
ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި، ސިއްޙީ ދާއިރާގެ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލު ބަދަލުކުރުމަށް މެންބަރުންގެ ޚިޔާލު ހޯދުމަށް ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
17 Jun 2025
ކައުންސިލަރުން ބެންކޮކު ދަތުރުތައް ކުރަނީ ރަށަށް ކަންކަން ކޮށްދީފައި
ރަށްރަށުގެ ކައުންސިލްތަކުން ބެންކޮކަށް ތަޖުރިބާ ދަތުރުތައް ކުރަނީ ރަށަށް ކޮށްދޭންޖެހޭ ކަންކަމަށް ޚަރަދު ކުރުމަށްފަހު، ބާކީ ހުންނަ ފައިސާއިން ކަމަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
17 Jun 2025
ޖީއެސްޓީ ހުށަހެޅުން ލާޒިމްވާ ވަގުތު ބަދަލު ކުރުމާގުޅޭ މައްސަލަ މަޖިލީހަށް
ޖީއެސްޓީ ލާޒިމްވާ ވަގުތު ކަނޑައަޅާނެގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތައް ހައްލުކޮށް، އެ ވަގުތު ބަދަލު ކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
16 Jun 2025
ކައުންސިލަރުންގެ އަދަދު މަދުކޮށް، ލާމަރުކަޒީ ބަޖެޓު ކުޑަކުރާ ގަރާރެއް
ކަރުންސިލަރުންގެ އަދަދު މަދުކޮށް، ލާމަރުކަޒީ ނިޒާމަށް ދައުލަތުން ކަނޑައަޅާ ބަޖެޓު ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.
15 Jun 2025
ފިރިހެން ކެންޑިޑޭޓުން ފެއިލް؛ ޝަރުތުހަމަވީ އަންހެން ކެންޑިޑޭޓުން، ކުރީގައި ޒަމްއަތު
ކޮމެޓީން ނިންމީ އެ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވަނީ ތިން ކެންޑިޑޭޓުންގެ ކަމަށެވެ. އެއީ އަންހެން ތިން ކެންޑިޑޭޓުންނެވެ. ކޮމެޓީގެ ނިންމުމަކީ ޝަރުތު ހަމަވާ ކަމަށް ނިންމާނީ 75 އިންސައްތައިން މަތީ މާކުސް ލިބިގެން ކަމަށެވެ.
15 Jun 2025
ވަކިވެވަޑައިގަންނަވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ، މަހަކު 70،000ރ. ދޭން ހަމަޖައްސަނީ
އުއްތަމަ ފަނޑިޔާރު, މުއުތަސިމް އަދުނާނު މަގާމުން ވަކިވެވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންނަވާ ކަމުގެ އިޝާރާތެއް ދެއްވުމަށް ފަހު އެ މަގާމުން ޝަރަފުވެރިކަމާއެކު ވަަކިވެވަޑައިގަތުމަށް ޖޭއެެސްސީއަށް ވަނީ ހުށައަޅާފަ އެވެ.