23 Apr 2025
ސީއެސްސީގެ ނައިބުކަމަށް މުޖުތާޒު އައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް އައްޔަނުކުރެއްވި މުޙައްމަދު މުޖުތާޒު އެ ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަނުކުރެއްވުމުގެ މައްސަލަ ދިރާސާކުރަން މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.