މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
01 Oct 2024
އިންޑިއާގެ ބޭސްތަކަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފި
އަވައްޓެރި އިންޑިއާގައި އުފައްދާ 48 ބޭހަކަށް ސަމާލުވުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
29 Sep 2024
ކޮފްސީ ސިރަޕް އިމްޕޯޓްކޮށް ވިއްކުމުގެ ހުއްދަ ދީފި
ކެއްސާތީދޭ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕު އިމްޕޯޓް ކުރުމާއި، ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފިއެވެ.
05 Sep 2024
ގޭގައި ކާބޯތަކެތި އުފައްދާ މީހުން ދަފްތަރުވުމަށް ބީސީސީން ނެރުނު އުސޫލް ބާތިލްކޮށްފި
އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުވުމުގެ އުސޫލް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އުވާލައިފިއެވެ.
03 Sep 2024
ޢާއްމު ކާބޯތަކެތި އުފައްދާ ވިއްކުމުގެ އުސޫލު އާންމުކޮށްފި
އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ އުސޫލު އާއްމުކޮށްފިއެވެ.
26 Aug 2024
ކާބޯތަކެތި ވިއްކާ ތަންތަނުގެ ލައިސަންސް އާކުރުން ތިން މަސްދުވަހަށް ފަސްކޮށްފި
ކާބޯތަކެތި ވިއްކާ ތަންތަނުގެ ލައިސަންސް އާކުރުން ތިން މަސްދުވަހަށް ފަސްކޮށްއެވެ.
19 Aug 2024
ކެއްސާތީ ބޯ ބޭހަކުން ކުނޑިކޮޅުތަކެއް؛ ސަމާލުވާން އެދިއްޖެ!
ކެއްސާތީ އާއްމު ދީ އުޅެ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕުގައި ކުނޑިކޮޅުތަކެއް ހުރުމުން، އެކަމަށް ސަމަލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.
04 Aug 2024
އެލެގްރާ ބޭހުގެ ތިން ބެޗެއް، ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފި
ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ އެލެގްރާ ބޭހުގެ ތިން ބެޗެއް އެތެރެކޮށް، ވިއްކާ އަދި ބޭނުންކުރުން މަނާކޮށްފިއެވެ.
22 Jul 2024
ޔޫރަޕުގައި ބޭނުންކުރާ ފެންވަރުގެ މޮޅު ބޭސް އެތެރެކޮށް އަގުތައް ކޮންޓްރޯލްކުރަން ފަށައިފި
މިއަދު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސަރުކާރުން ފަށާފައިވާ މި ޕްރޮޖެކްޓްގެ ދަށުން ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން ބަލްކްކޮށް ބޭސް ގަނެ ރާއްޖެ ގެނައުމަށް ވަނީ ފަށާފައެވެ. މި ސިޔާސަތު ތަންފީޒު ކުރަން ފެށުމާއެކު، ނަތީޖާއެއްގެ ގޮތުން އާސަންދަ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި ލީކޭޖްތައް ހުއްޓުވި، ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް މަގުފަހިވާނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ. އަދި ބޭހަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، ސިއްޙީ ނިޒާމު ހަރުދަނާކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.