27 Apr 2024
ނުރައްކާތެރި ކެމިކަލެއް އެކުލެވޭތީ 'އެވަރެސްޓް' އަދި 'އެމްޑީއެޗް' ބްރޭންޑުގެ ހަވާދު ވިއްކުން މަނާކޮށްފި
'އެވަރެސްޓް' އަދި 'އެމްޑީއެޗް' ބްރޭންޑުގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފިއެވެ. މިއަދު މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީން ނެރުނު ބަޔާނެއްގައިވަނީ، އިންޑިއާގެ އުފެއްދުމެއްކަމުގައިވާ 'އެވަރެސްޓް' އަދި 'އެމްޑީއެޗް' ބްރޭންޑުގެ ހަވާދުގެ ބައެއް ބާވަތްތަކުގައި 'އެތެލިން އޮކްސައިޑް' ހުރިކަމަށް ބުނެ ސިންގަޕޯރ ފުޑް އެޖެންސީ އަދި ހޮންކޮންގގެ ސެންޓަރ ފޮރ ފުޑް ސޭފްޓީން ވަނީ އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައި ކަމަށެވެ. އެހެންކަމުން އެ އޮތޯރިޓީއިން ވަނީ އެ ދެ ބްރޭންޑުގެ ބާވަތްތައް ބާޒާރުން ނެގުމަށް އަންގާފައެވެ.