15 Apr 2026
އަންނަ މަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުތުރައް ފަށަނީ
އައިލެންޑް އޭވިއޭޝަނުން ބުނާ ގޮތުގައި، މޭ 17 އިން ފެށިގެން ރާއްޖެއިން އޮސްޓްރޭލިއާއަށް ޑައިރެކްޓް ފްލައިޓްތައް ދަތުރުކުރާނެއެވެ. އަދި އޮސްޓްރޭލިއާއަށްދާ ފުރަތަމަ ފްލައިޓް ރާއްޖެ އަނބުރާ އަންނާނީ މޭ 19 ގައެވެ. އަދި މި ދަތުރުތައް ކޮންމެ ހަފުތާއަކު އެއް ފަހަރު ބޭއްވުމަށް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.