މޯލްޑިވިއަން
18 May 2024
އެތެރޭގެ އުދުހުންތަކުގައި 100 މިލިލީޓަރަށްވުރެ ގިނައިން ދިޔާތަކެތި ނުގެންދެވޭގޮތަށް ހަދައިފި
ދިވެހިރާއްޖޭގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން މިއަދު ވިދާޅުވީ އަތްދަބަހުގައި ދިޔާ ތަކެތި ގެންދެވޭނެ ގޮތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގައި ދިޔާތަކެތި އަޅާފައި ހުންނަ ކޮންޓެއިނަރ ގެންދެވޭނީ 100 އެމްއެލް، އަށް ވުރެ ގިނަ ނުކޮށް ކަމަށާއި ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން 100 އެމްއެލްގެ 10 ކޮންޓެއިނަރު ކަމަށެވެ.
08 May 2024
މޯލްޑިވިއަން އިން އޭޓީއާރް 600-42 މަރުކާގެ 4 ވަނަ މަތިންދާބޯޓު ރާއްޖެ ގެނެސްފި
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ޒަމާނީކޮށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މުޅިން އާ އޭޓީއާރު 600-42 މަރުކާގެ މަތިންދާބޯޓެއް ގެނެސްފިއެވެ. މޯލްޑިވިއަން އިން މިއަދު، އަލަށް ގެނައި އޭޓީއާރު 600-42 މަރުކާގެ މި މަތިންދާބޯޓަކީ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ވަސީލަތްތަކާއެކު އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އުޅަނދެކެވެ. މިއީ ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު މޯލްޑިވިއަން އިން ވެފައިވާ އެއްބަސްވުމުގެ ދަށުން ގަނެގެން ގެންނަ އޭޓީއާރް 600-42 މަރުކާގެ އާ ދެބޯޓުގެ ތެރެއިން އެއް ބޯޓެވެ.
26 Apr 2024
މޯލްޑިވިއަނުން ރާއްޖެއާއި ލަންކާއާ ދެމެދުގެ ދަތުރުތައް އަލުން ފަށައިފި
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ސްރީ ލަންކާގެ ކޮލަމްބޯގެ ބަންޑާރަ ނައިކް އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ދަތުރުތައް އަލުން ފަށައިފިއެވެ.
22 Apr 2024
މޯލްޑިވިއަނުން ކޮލަމްބޯ އަށް ދަތުރުތައް ފަށަނީ
ގައުމީ އެއާލައިން، މޯލްޑިވިއަނުން ސްރީލަންކާގެ ކޮލަމްބޯ އަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
04 Apr 2024
މޯލްޑިވިއަންއިން އައްޑުއަތޮޅާއި ހުވަދުއަތޮޅާ ދެމެދު ދަތުރުތައް ފަށަނީ
ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން، އައްޑުއަތޮޅާއި ހުވަދުއަތޮޅު ގުޅުވައިދޭ އެތެރޭގެ އުދުހުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މޯލްޑިވިއަން އިން މިއަދު ހާމަކުރެއްވި ގޮތުގައި "ސައުތު ކަނެކްޓިވިޓީ އިނިޝިއޭޓިވް"ގެ ދަށުން އައްޑުއަތޮޅު ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހުވަދުއަތޮޅު ކޫއްޑޫ އެއާޕޯޓާ ގުޅުވައިދޭ ޚިދުމަތް، 29 އޮކްޓޫބަރު 2024 އިން ފެށިގެން ފަށާނެއެވެ. އަލަށް ހުޅުވޭ މި ރޫޓުގެ ދަތުރުތައް ކުރިއަށް ދާނީ އަންގާރަ ދުވަހާއި ހޮނިހިރު ދުވަހުއެވެ.
04 Apr 2024
އެއަރ އެމްބިއުލާންސުން ފުރަތަމަ މަހު އެކަނިވެސް 66 ދަތުރު ކޮށްފި
އެއާ އެމްބިއުލާންސްގައި މިހާތަނަށް 66 ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.
01 Apr 2024
މޯލްޑިވިއަން އަށް 5.6 މިލިއަން ރުފިޔާ ނުދައްކައިގެން އެމްޑީޕީގެ މައްޗަށް ދަޢުވާކުރަން ކޯޓަށް
މޯލްޑިވިއަން އަށް 5.6 މިލިއަން ރުފިޔަާ ނުދައްކައިގެން އެ ކުންފުނިން އެމްޑީޕީގެ މައްޗަށް ދަޢުވާކުރަން ކޯޓަށް ހުށަހަޅައިފިއެވެ.
14 Mar 2024
ޕްރޮމޯޝަނަލް ފެއަރ ގެ ދަށުން އިތުރު 6 މަންޒިލަށް ޓިކެޓް އަގުހެޔޮ ކޮށްފި
މި ރޯދަމާއި ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ފެށި ޕްރޮމޯޝަނަލް ފެއަރ ގެ ދަށުން އިތުރު ހަ މަންޒިލަކަށް ޓިކެޓް އަގުހެޔޮކޮށްފިއެވެ.
13 Mar 2024
މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުތަކެއް!
ގައުމީ އެއާލައިން މޯލްޑިވިއަނުން ރަމަޟާން މަހާ ދިމާކޮށް އެތެރޭގެ އުދުހުންތަކަށް ހާއްސަ ޕްރޮމޯޝަނަލް ފެއަރ އެއް ފަށައިފިއެވެ.
02 Mar 2024
އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ކުޅުދުއްފުއްޓަށް
އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ކުޅުދުއްފުއްޓަށް