23 Jun 2024
މާލޭގެ މިސްކިތެއްގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފި
މިއަދު މާލެ ސިޓީ ކައުންސިލުން ހާމަ ކުރެއްވި ގޮތުގައި، ބަޔަކު ވަނީ ޖަމީލްދީދީ މިސްކިތުގެ ތަޅުގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފައެވެ. މި ކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ މިސްކިތުގެ ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
21 Jun 2024
ރައީސް މުއިއްޒު ފެއްޓެވި ކަންކަން ކުރިއަށްދާނެ، ސަރުކާރުގެ އެއްބާރުލުން ލިބޭ: އާޒިމް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފެއްޓެވި ކަންކަން އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކުރިޔަށްދާނެ ކަމަށާއި މާލެ ސިޓީ ކައުންސިލުގެ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
20 Jun 2024
ޢީދު މިސްކިތުން މި މަހު އެކަނިވެސް ވަނީ 10 ފަންކާ ވަގަށް ގެންގޮސްފައި: މާލެ ސިޓީ ކައުންސިލް
މިއަދު މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޢީދު މިސްކިތުން މި މަހު އެކަނިވެސް ވަނީ 10 ފަންކާ ވަގަށް ގެންގޮސްފައިކަމަށާއި، މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މައްސަލަ ހުށައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
20 Jun 2024
ކުޅުދުއްފުއްޓާއި މާލެ ސިޓީ ގޮނޑިތަކަށް ވާދަކުރަނީ ޕީއެންސީއާއި އެމްޑީޕީ
ހދ.ކުޅުދުއްފުށި ސިޓީ ކައުންސިލާއި މާލެ ސިޓީ ކައުންސިލުން ހުސްވި ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓުންކަން އިލެކްޝަން ކޮމިޝަން (އީސީ) އިން އާއްމުކުރި މައުލޫމާތުތަކުން ހާމަވެއްޖެއެވެ.
19 Jun 2024
މާލޭގައި ފެންބޮޑުވާ މަގުތައް މަރާމާތު ކުރަނީ
ވިއްސާރަ މޫސުމާއި ގުޅިގެން މާލޭގައި ފެންބޮޑުވާ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
17 Jun 2024
ފެންބޮޑުވާ މައްސަލަ ހައްލުކުރަން އިއްޒުންދީން މަގު މަރާމާތުކުރަނީ
މިއަދު މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރާމާތުކުރުމުގެ ގޮތުން، މ. އިއްޒުއްދީންމަގު (ފަލާހުޕުރީސްކޫލް) ކުރިމަތި ރޫޅަމުންދާ ކަމަށެވެ.
16 Jun 2024
ކުނިއެޅުމުގެ މައްސަލަ ބޮޑުވެ، މާލޭ ދެކުނު ފަރާތު ބަނދަރު ފެންސު ޖަހައި ބަންދުކޮށްފި
މާލޭސިޓީ ކައުންސިލުން މަޢުލޫމާތުދެއްވި ގޮތުގައި، މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށް ކުނި އަޅަމުން ދާތީ، އެކަން ހުއްޓުވުމުގެ ގޮތުން، އެ ސަރަހައްދުގައި ވަނީ ފެންސު ޖަހައި ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
16 Jun 2024
ޖުމްހޫރީ މައިދާނުގައި ހުރި ޢީދު ބޮކީގެ ކޭބަލްތަކެއް ވަގަށް ނަގައިފި
މާލޭ ސިޓީކައުންސިލުން ރޭ ހާމަ ކުރެއްވި ގޮތުގައި، ޖުމްހުރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ގެންގޮސްފައިވާތީ، އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.