20 Sep 2022
ލޮނުޒިޔާރާތް ޕާކު ކުއްޔަށް ދޫކުރާ އަގު ކުޑަކޮށްފި
ގިނަ އަދަދެއްގެ ހަފްލާތައް ބާއްވާ، ލޮނުޒިޔާރާތް ޕާކު ކުއްޔަށް ދޫކުރާ އަގު ހެޔޮކޮށް އެ ޕާކު ބެލެހެއްޓުމާ ގުޅޭ އުސޫލެއް މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.
20 Sep 2022
މިއަހަރު ނިމުމުގެކުރިން 3000 މަގުބައްތި ހަރުކޮށް ނިމޭނެ
މޫސުން ތަންދޭނަމަ މިއަހަރު ނިމުމުގެކުރިން 3000 މަގުބައްތި ހަރުކޮށް ނިމޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
20 Sep 2022
ވެމްކޯ އާ އެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރުމަކީ ދިވެހިންގެ ވަޒީފާ ގެއްލޭނެކަމެއް ނޫން: މޭޔަރު މުއިއްޒު
މާލޭގެ އާންމު ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމަށާއި، އެ ތަންތަނުގައި ހުންނަ ކުނި ނެގުމަށް ސިޓީ ކައުންސިލުން ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) އާއެކު ވެފައިވާ އެއްބަސްވުން އާ ނުކުރުމަށް ނިންމި ނިންމުމާއި ގުޅިގެން އެ ކުންފުނީގައި މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ވަޒީފާތަކަށް ބުރޫ އަރާނެކަމަށް ގަބޫލުނުކުރައްވާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
19 Sep 2022
ނުކަނޑާނެކަމަށް ބުނި ގަސްތައް މިއަދު މިފެންނަނީ ކަނޑާ ތިރި ކުރާ ތަން: ސައިފް
މާލޭގެ އަމީނީމަގު ހެދުމަށް ގަސް ނުކަނޑާނެ ކަމަށް ބުނި ނަމަވެސް ފެންނަމުން މިދަނީ ގަސްތައް ކަނޑައި ތިރި ކުރާތަން ކަމަށް ވިދާޅުވެ މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
19 Sep 2022
ޗައިނާއިން މާލެއަށް 3،000 މަގުބައްތި ހަދިޔާކޮށްފި
ޗައިނާ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް 3000 މަގުބައްތި މިއަދު ހަދިޔާކޮށްފި އެވެ.
19 Sep 2022
އޯކިޑް މަގުގެ ޕާކިންގެ ބަދަލުގައި ހެދި ޕާކިން ޒޯންގެ މަސައްކަތް ނިންމައިފި
ރާއްޖެ ޓްރެވެލް ލިންކު (އާރްޓީއެލް) ގެ މިނީ ބަހުގެ އޮޕަރޭޝަނަށް އޯކިޑް މަގުގައި ޕާކް ކުރުން މަނާކޮށް ބަދަލުގައި ހެދި ޕާކިން ޒޯންގެ މަސައްކަތް ނިންމައިފިއެވެ.
14 Sep 2022
އޯކިޑް މަގުގައި އިތުރު ޕާކިން ޒޯނެއް ހަދަނީ
ރާއްޖެ ޓްރެވަލް ލިންކުގެ މިނީ ބަސް ދަތުރުތަކަށް ޖާގަ ދިނުމަށް އޯކިޑް މަގުގައި ޕާކް ކުރުން މަނާކުރުމުން ބަދަލުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
12 Sep 2022
ހެންވޭރު ގައި 69 ސައިކަލް ޒޯން ކުރަހައި ނިންމައިފި!
މިނީ ބަހުގެ ހިދުމަތް ފެށުމާއި ގުޅިގެން ބަސްދުއްވާ މަގުތަކުގެ ޕާކިން ޒޯން ހުސްކޮށް އައު ޕާކިންގ ޒޯންތައް ހެދުމަށް މާލެ ސިޓީ ކައުންސިލުން ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން ހެންވޭރުގަައި 69 ސައިކަލް ޒޯން ކުރަހައި ނިންމައިފިއެވެ.