26 Dec 2022
"ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލަން"
ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރ ރައީސް، ޔާމީން ޢަބްދުލް ޤައްޔޫމުގެ މައްޗަށް ކުރި ހުކުމަކީ ކުރިއަށް އޮތް ދިވެހި ރާއްޖޭގެ ރިއާސީ އިންތިޚާބުގައި އިދިކޮޅު ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެ މަނިކުފާނު ވާދަކުރެއްވުމަށް ވަރަށް ގިނަ ރައްޔިތުންތަކެއްގެ ރުހުމާއެކު ނިކުންނެވުމުން، އެ ފުރުޞަތުވެސް އެ މަނިކުފާނުގެ ކިބައިން ނިގުޅައިގަތުމުގެ ނިޔަތުގައި ކޮށްފައިވާ ހުކުމެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
26 Dec 2022
މާލެ ސިޓީ ކައުންސިލްގެ މަދަހަ އަދި ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
ކުރިއަށް އޮތް އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މާލެ ސިޓީ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ މަދަޙަ މުބާރާތް އަދި ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
23 Dec 2022
އިންތިހާބާ ދިމާކޮށް އިސްތިހާރު ހިއްޕުމާއި ބެނާ ދެމުމުގެ ހުއްދަ ދޫކުރުން ހުޅުވާލައިފި
އިންތިހާބުތަކުގައި ބައިވެރިވާ ކެންޑިޑޭޓުންގެ އިސްތިހާރު ހިއްޕުމަށް ނުވަތަ ބެނާ ދެމުމުގެ ހުއްދަ ހޯދުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
22 Dec 2022
އަހުމަދިއްޔާގެ އައު އިމާރާތުގެ ބިންގާ ޑރ. މުއިއްޒު އަޅުއްވައިދެއްވައިފި
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އައު އިމާރާތުގެ ބިންގާ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވައިފިއެވެ.
21 Dec 2022
"އެއް އަހަރު ވީއިރުވެސް ކުންފުނި ހެދުމުގެ ހުއްދަ ނުދިން"
ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ހުއްދަ އަށް އެދި އެއް އަހަރުވެފައިވާއިރުވެސް އެ ހުއްދަ ދީފައިނުވާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
21 Dec 2022
މާލޭގައި ކްރިސްމަސްއާ ގުޅިގެން އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދަން އަންގައިފި
މާލޭގެ އެއްވެސް ސަރަހައްދެއްގައި ކްރިސްމަސް ދުވަހާއި ގުޅިގެން އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިޔުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
19 Dec 2022
ކަށު ނަމާދު ޕޭޖް ހިންގުން ހުއްޓާލުމަށް އަންގާފައެއް ނުވާނެ"
‏ކަށުނަމާދު ޕޭޖް ހިންގާ ފަރާތައް ޕޭޖް ހިންގުން މަނާކޮށް ، އެކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އެންގިކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަމަށް އެ ކައުންސިލުން ބުނެފިއެވެ.
18 Dec 2022
"މާލޭގެ ތަރައްޤީއަށް އޮތް އެންމެބޮޑު ހުރަހަކީ ލޭންޑް ޔޫސް ޕްލޭން ހިފެހެއްޓިފަ އޮތުން"
މާލޭގެ ތަރައްޤީއަށް މިވަގުތު އޮތް އެންމެބޮޑު ހުރަހަކީ މާލޭގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ހިފެހެއްޓިފަ އޮތުން ކަމަށް މާލެ ސިޓީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.