މާލެ ސިޓީ ކައުންސިލް
20 Sep 2022
ވެމްކޯ އާ އެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރުމަކީ ދިވެހިންގެ ވަޒީފާ ގެއްލޭނެކަމެއް ނޫން: މޭޔަރު މުއިއްޒު
މާލޭގެ އާންމު ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމަށާއި، އެ ތަންތަނުގައި ހުންނަ ކުނި ނެގުމަށް ސިޓީ ކައުންސިލުން ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) އާއެކު ވެފައިވާ އެއްބަސްވުން އާ ނުކުރުމަށް ނިންމި ނިންމުމާއި ގުޅިގެން އެ ކުންފުނީގައި މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ވަޒީފާތަކަށް ބުރޫ އަރާނެކަމަށް ގަބޫލުނުކުރައްވާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
19 Sep 2022
ނުކަނޑާނެކަމަށް ބުނި ގަސްތައް މިއަދު މިފެންނަނީ ކަނޑާ ތިރި ކުރާ ތަން: ސައިފް
މާލޭގެ އަމީނީމަގު ހެދުމަށް ގަސް ނުކަނޑާނެ ކަމަށް ބުނި ނަމަވެސް ފެންނަމުން މިދަނީ ގަސްތައް ކަނޑައި ތިރި ކުރާތަން ކަމަށް ވިދާޅުވެ މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
19 Sep 2022
އޯކިޑް މަގުގެ ޕާކިންގެ ބަދަލުގައި ހެދި ޕާކިން ޒޯންގެ މަސައްކަތް ނިންމައިފި
ރާއްޖެ ޓްރެވެލް ލިންކު (އާރްޓީއެލް) ގެ މިނީ ބަހުގެ އޮޕަރޭޝަނަށް އޯކިޑް މަގުގައި ޕާކް ކުރުން މަނާކޮށް ބަދަލުގައި ހެދި ޕާކިން ޒޯންގެ މަސައްކަތް ނިންމައިފިއެވެ.
14 Sep 2022
އޯކިޑް މަގުގައި އިތުރު ޕާކިން ޒޯނެއް ހަދަނީ
ރާއްޖެ ޓްރެވަލް ލިންކުގެ މިނީ ބަސް ދަތުރުތަކަށް ޖާގަ ދިނުމަށް އޯކިޑް މަގުގައި ޕާކް ކުރުން މަނާކުރުމުން ބަދަލުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
12 Sep 2022
ހެންވޭރު ގައި 69 ސައިކަލް ޒޯން ކުރަހައި ނިންމައިފި!
މިނީ ބަހުގެ ހިދުމަތް ފެށުމާއި ގުޅިގެން ބަސްދުއްވާ މަގުތަކުގެ ޕާކިން ޒޯން ހުސްކޮށް އައު ޕާކިންގ ޒޯންތައް ހެދުމަށް މާލެ ސިޓީ ކައުންސިލުން ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން ހެންވޭރުގަައި 69 ސައިކަލް ޒޯން ކުރަހައި ނިންމައިފިއެވެ.
09 Sep 2022
ސިޓީ ކައުންސިލުން މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ އާއި ފެނުގެ ޚިދުމަތް ފަށައިފި
މާލޭ ސިޓީ ކައުންސިލުން މާލެ ދެކުނުބަނދަރުން ޙިދުމަތް ހޯދާ އުޅަނދުފަހަރުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ފެނުގެ ޙިދުމަތް އިފްތިތާޙްކޮށްފިއެވެ.
05 Sep 2022
ސިޓީ ކައުންސިލަށް އޮތީ ސަރުކާރުން ދައްކާ ބިމެއްގައި ޕާކިންޒޯނު ހެދުން
ފުރަމާލޭގައި ދުއްވާއެއްޗެހި ޕާކުކުރުމަށް ޕާކިން ޒޯނުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަކީ ސަރުކާރުން ދައްކާ ބިންތަކުގައި އެފަދަ ޒޯނުތަކެއް ހެދުމުގެ މަސައްކަތްކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
03 Sep 2022
ބިން ދޫކުރީ ޓިކެޓިން ބޫތުތަކެއް އަޅަން، ހުރީ ގެސްޓު ހައުސްއެއް!
ވިލިގިލި ބަގީ ހިދުމަތް: ބިން ދޫކުރީ ޓިކެޓިން ބޫތުތަކެއް އަޅަން، ހުރީ ގެސްޓު ހައުސްއެއް!