ދެކުނު ބަނދަރުގައި ސެކިއުރިޓީއާއި ފެނުގެ ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ހަބަރު
09 Sep 2022 | 01:51
މާލޭ ސިޓީ ކައުންސިލުން ދެކުނު ބަނދަރުގައި ސީސީޓީވީ އާއި ފެނުގެ ޚިދުމަތް ފަށައިފި

މާލޭ ސިޓީ ކައުންސިލުން މާލޭގެ ދެކުނު ބަނދަރުން ޚިދުމަތް ހޯދާ އުޅަނދުފަހަރުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ފެނުގެ ޚިދުމަތް އިފްތިތާހުކޮށްފިއެވެ. 

އެކަމަށްޓަކައި ސިޓީ ކައުންސިލުން ވަނީ ޚާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ. 

މާލޭ ސިޓީކައުންސިލުން ފަށާފައިވާ ސީސީޓީވީ ހަރުކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ކައުންސިލުން ވަނީ މާލޭގެ ދެކުނު ބަނދަރުގައި، މެރީ ބްރައުން ރެސްޓޯރެންޓުން ފެށިގެން ސްޓެލްކޯ ޕަމްޕު ސްޓޭޝަންތަކާއި ހަމަޔަށް 15 ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ. އަދި އެ ކެމެރާތައް މެދުވެރިކޮށް އެ ސަރަހައްދުގެ ސެކިއުރިޓީ ކަންކަން 24 ގަޑިއިރު ސިޓީ ކައުންސިލުން ބަލަހައްޓާގޮތަށް ވަނީ ހަމަޖައްސާފައެވެ. 

އެ މަސައްކަތާއި ގުޅޭގޮތުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދެކުނު ބަނދަރުގައި އަޅާފައި އޮންނަ އުޅަނދުތަކުން ވައްކަން ކުރާކަމުގެ ގިނަ ޝަކުވާތަކެއް ސިޓީ ކައުންސިލަށް ލިބެމުންދާކަމަށެވެ. 

އެހެންކަމުން އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ގާއިމުކުރެވުނު ސީސީޓީވީ ނިޒާމާއެކު، އުޅަނދުތަށް ތަސައްލީއެއް ލިބިގެންދާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށް މޭޔަރު ވިދާޅުވިއެވެ. 

ސިޓީ ކައުންސިލްގެ ސީސީޓީވީ ހަރުކުރުމުގެ ޕްރޮގްރާމަކީ ފިހަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން އެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވަނީ މާލެއާއި ވިލމާލޭގެ ހުރިހާ މިސްކިތްތަކެއްގައި ސީސީޓީވީ ހަރުކޮށްފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ދެކުނު ބަނދަރުގައި ސީސީޓީވީ ހަރުކޮށްފައިވާއިރު، ދެން އޮތީ އުތުރު ބަނދަރުގައި ސީސީޓީވީ ހަރުކުރުމުގެ ފިޔަވައްސެވެ. 

ސިޓީ ކައުންސިލުންވަނީ ދެކުނު ބަނދަރުގައި ސެކިއުރިޓީ ޚިދުމަތާއެކު ފެނުގެ ޚިދުމަތްވެސް ފަށާފައެވެ. އެ ބަދަރާއި ކައިރި ސަރަހައްދެއްގައި ފެން ލިބެން ނެތުމާއި ގުޅިގެން ފަޅުވެރިން ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާއިރު، އަލަށް ތައާރަފްކުރެވުނު ފެނުގެ ޚިދުމަތާއެކު، އެ ތަކުލީފުތައްވެސް ކުޑަވެގެންދާނެއެވެ. 

ސިޓީކައުންސިލުން، ދެކުނު ބަނދަރުގައި ފެނުގެ ޚިދުމަތް ތައާރަފްކޮށްފައިވަނީ ސަރުކާރުގެ ފެން ކުންފުނީގެ އެހީތެރިކަމާއި އެކުގައެވެ. އެކަމަށްޓަކައި މޭޔަރު. ޑު މުއިއްޒުވަނީ އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ