މާލެ ސިޓީ ކައުންސިލް
08 Dec 2022
"މާލެ ސިޓީ ކައުންސިލުން ކުނި ނަގާނީ އާއްމު ތަންތަނުން"
ގޭބީސީތަކާއި އިމާރާތްތަކުން ކުނި ނެގުމުގެ އެއްވެސް ކަމެއްގެ ތެރެއަށް މާލެ ސިޓީ ކައުންސިލުން ނުވަންނާނެ ކަމަށާ، އެކައުންސިލުން ކުނި ނަގާނީ ހަމައެކަނި މާލޭގެ މަގު ތަކާއި އާއްމު ތަންތަނުން ކަމަށ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެ އެވެ.
07 Dec 2022
މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް ދަނޑުވެރިންގެ ބޮޑު ތަރުޙީބެއް
މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް ދަނޑުވެރިންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
26 Nov 2022
އަތޮޅުލީގު ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން މާލެ ސިޓީ ކައުންސިލްގެ ޓީމަށް
އައްޑޫ ސިޓީ ކުޅިވަރު އެރީނާގައި ކުރިޔަށްދިޔަ 13 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލުގައި ވާދާކޮށް މާލެ ސިޓީކައުންސިލްގެ ޓީމް ޗެމްޕިއަންކަން ހޯދައިފިއެވެ.
25 Nov 2022
މާލެ ސިޓީ ކައުންސިލުގެ ފުރަތަމަ "ސްޓާފް ނައިޓް" ބާއްވައިފި
އަގުހުރި އިނާމްތަކަކާއިއެކު މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ”ސްޓާފް ނައިޓް“ ބާއްވައިފިއެވެ.
25 Nov 2022
ސިނަމާލެ 4 އަމިއްލަ ކުރަން ބޭނުންވާ ފަރާތްތަކުގެ ޖޫރިމަނާ ކުޑަކޮށްދީފި
ސިނަމާލެ 4 އަމިއްލަ ކުރަން ހުށައަޅާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުގެ ތެރެއިން -/540945 ( ފައްސަތޭކަ ސާޅިސްހާސް ނުވަސަތޭކަ ސާޅިސް ފަސްރުފިޔާ) މާފުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
20 Nov 2022
ވޯލްޑް ކަޕް ގެ މެޗުތައް ބަލަން މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބޮޑު ސްކްރީންތަކެއް
މިރޭ ގަތަރުގައި ފަށާ ވޯލްޑް ކަޕުގެ މެޗުތައް ބަލަން މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބޮޑު ސްކްރީނުތައް ބަހައްޓައިފި އެވެ.
16 Nov 2022
ސްމާޓް ސިޓީ އެކްސްޕޯ ވާރލްޑް ކޮންގްރެސްގައި ސިޓީ ކައުންސިލުން ބައިވެރިވެއްޖެ
ސްޕޭނުގެ ބާސަލޯނާގައި ކުރިއަށްދާ ސްމާޓް ސިޓީ އެކްސްޕޯ ވާރލްޑް ކޮންގްރެސް 2022 ގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިވެއްޖެއެވެ.
12 Nov 2022
"ރަޖިސްޓްރީ ހެދޭނީ ތަފްސީލު ދީގެން، ބިދޭސީންގެ މައުލޫމާތު ހޯދަން އެދުނުތާ 2 އަހަރު!"
ތޮއްޖެހިގެން ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅެމުންދާ ބިދޭސީންގެ ތަފްސީލު ހާމަކުރުމަށް ގޮވާލާ އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަން އަދި ޕީޖީ ލީޑަރު މޫސަ މަނިކު (ރީކޯ މޫސަ) ދެއްކެވި ވާހަކަތަކަށް މާލޭ ސިޓީކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްދުދެއްވައިފިއެވެ.