26 Jun 2024
ރާއްޖޭގެ އަސްކަރީ ނިޒާމު ގުޅޭގޮތުން އެމެރިކާ އާއިއެކު މަޝްވަރާކޮށްފި
ދިވެހި ރާއްޖޭގެ އަސްކަރީ ނިޒާމާއި އިގްތިސާދު ހަރުދަނާކުރުމާއި ގުޅޭގޮތުން އެމެރިކާ އާއިއެކު މަޝްވަރާކޮށްފިއެވެ.
24 Jun 2024
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އެމެރިކާ އަށް
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާ އަށް ފުރާ ވަޑައިގެންފިއެވެ.
12 Jun 2024
ފަލަސްތީނަށް ރާއްޖެއިންދޭ 5000 ޑޮލަރުގެ އެހީ،މިއަހަރު 50،000 ޑޮލަރަށް
ފަލަސްޠީނަށް އެހީވުމަށް އދގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ, މިއަހަރު 50 ހާސް ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
09 Jun 2024
އިންޑިއާ އަބަދުވެސް ވާނީ އެންމެ ގާތް ގައުމަށް: ވަޒީރު ޒަމީރު
އިންޑިއާ އަކީ އަދި އަބަދުވެސް ވާނީ ރާއްޖެ އާއި އެންމެ ގާތް ގުޅުމެއް އޮންނަ ގައުމަށްކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
06 Jun 2024
ސްރީލަންކާގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކުން ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް މަޝްވަރާ ކުރައްވައިފި
މިއަދު ޚާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ވަނީ ސްރީލަންކާގެ މިނިސްޓަރ އޮސް ޕަބްލިކް ސެކިއުރިޓީ، ޓްރައަން އަލްސްއާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ވަނީ، ސްރީލަންކާގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން، ދިވެހިންނަށް ދިމާވެފައިވާ އެކި ދަތިތަކާއި، އެ ކަންކަން ޙައްލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
05 Jun 2024
ވަޒީރު މޫސާ ޒަމީރު، ސްރީލަންކާގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވައިފި
ރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު، ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެގައުމުގެ ޚާރިޖީ ވަޒީރު، އެމް.ޔޫ.އެމް އަލީ ސަބްރީއާ ބައްދަލު ކުރައްވައިފި އެވެ.
03 Jun 2024
ވަޒީރު މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް ފުރާވަޑައިގެންފި
ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނު މިއަދު ސްރީލަންކާއަށް ފުރާވަޑައިގެންނެވީ ސްރީލަންކާ ގެ ޚާރިޖީ ވަޒީރު އެމް.ޔޫ.އެމް. ޢަލީ ސަބްރީގެ ދަޢުވަތަކަށެވެ. ޚާރިޖީ ވުޒާރާއިން މައުލޫމާތުދެއްވި ގޮތުގައި، މި ދަތުރުފުޅަކީ މިއަދުން ފެށިގެން ޖޫން މަހުގެ 06 ވަނަ ދުވަހުގެ ނިޔަލަށް، ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ އަށް ކުރައްވާ ދަތުރުފުޅެކެވެ.
13 May 2024
އިންޑިއާ އިން ދިން 50 މިލިއަން ޑޮލަރުގެ ލޯން 1 އަހަރަށް ފަސްކޮށްދީފި
އިންޑިއާއިން ރާއްޖޭގެ ބަޖެޓު ސަޕޯޓަށް ދިން 50 މިލިއަން ޑޮލަރުގެ ޓީބިލު ރާއްޖެއިން އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރު އެއް އަހަރު ފަސްކޮށްދީފިއެވެ.