26 Mar 2024
ހީނާ، ޝާހިދަށް: މިސްރާބު ހުރީ ހަމަމަގަކަށް ނޫން، އަދަވަޅަކަށް
އެމްޑިޕީގެ މިސްރާބު ހުރީ ހަމަމަގަކަށް ނޫންކަމަށާއި، އަނދަވަޅަކަށް ކަމަށް ވިދާޅުވެ އެންސްޕާގެ މެނޭޖިންގ ޑިރެކްޓާ ހީނާ ވަލީދު، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުއަށް ހޫނުގަދަ ރައްދެއް ދެއްވައިފިއެވެ.
24 Mar 2024
ޝާހިދު ދެއްކެވި ވާހަކައަކަށް ދައުލަތުގެ ގިނަ ވަޒީރުންނާ އިސްވެރިން ރައްދުދެއްވައިފި
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކައަކަށް ދައުލަތުގެ ގިނަ ވަޒީރުންނާ އިސްވެރިން ރައްދުދެއްވައިފިއެވެ.
21 Mar 2024
މި ސަރުކާރަކީ މިހާތަނަށް އައި އެންމެ މަޤުބޫލުކަން ކުޑަ ސަރުކާރު: ޝާހިދު
ރައްޔިތުން ބުނަމުންދަނީ މި ސަރުކާރަކީ މިހާތަނަށް އައި އެންމެ މަޤުބޫލުކަން ކުޑަ ސަރުކާރު ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
14 Mar 2024
މި ސަރުކާރުން ދަނީ "ފިތުނައިގެ އޮށް" އިންދަމުން: ޝާހިދު
ގައުމިއްޔަތުގެ ނަމުގައި މި ސަރުކާރުން ދަނީ "ފިތުނައިގެ އޮށް" އިންދަމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
08 Mar 2024
މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއިން ނަގާނީ ބޮޑުތަނުން: ޝާހިދު
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ލިބޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ޚާރިޖީވަޒީރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
24 Feb 2024
ޝާހިދުގެ ފުރަތަމަ ދަތުރުފުޅު ހުސެން ސަމީރުގެ ކެމްޕެއިނަށް އުކުޅަހަށް
ދާދިފަހުން އެމްޑީޕީގެ ރައީސްކަމުގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވި ކުރީގެ ހާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދުގެ ފުރަތަމަ ދަތުރުފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތޮއްޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހުސެން ސަމީރުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށެވެ.
22 Feb 2024
ކުރީ ސަރުކާރުން މަސްވެރިންނަށް ހަފްތާއެއް ތެރޭ ފައިސާ ދޫކުރި: ޝާހިދު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކޮވިޑް ގެ އެންމެ ދަތި ދުވަސް ވަރުވެސް މަސްވެރިން ބޭނި މަހަށް ހަފްތާއެއް ތެރޭގައި ފައިސާ ދޫކުރައްވަމުން ގެންދެވި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
22 Feb 2024
ރާއްޖޭގެ ކޮންމެ ދިމާލަކުން ފެންނަނީ މފާލުން ނެއްޓިފައިވާކަން
ރާއްޖޭގެ ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ މިސްރާބު އޮޅި ފާލުން ނެއްޓިފައިވާތަން ކަަމަށް އިދިކޮޅު އެމްޑީޕީ ގެ އަލަށް އިންތިހާބު ވެވަޑައިގެން ރައީސް އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.