23 Nov 2022
"އުއްމީދޭ ކިޔައިގެން ދަރަނި އަރަންޏަށް ވަންޏާ އެންމެ ބާރަށް އެހެން ކިޔާނީ އަޅުގަނޑު"
2023 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށް ސަރުކަާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވިދާޅުވާއިރު، އެފައިން އުއްމީދޭ ކިޔައިގެން ދަރަނި އަރަންޏަށް ވަންޏާ އެންމެ ބާރަށް އުއްމީދޭ ކިޔާނީ އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވެއްޖެއެވެ.