އީވާ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
24 Oct 2022 | 11:12
އަޅުގަނޑުމެންނަނީ ފ އަތޮޅު ވިއްކާލުމާއި ދެކޮޅަށް ނިކުތް މީހުން، މިއަދު ކީއްތޯ މި ކުރީ؟:އީވާ

ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިއުމަށް މަގުފަހިވާގޮތަށް ޗާގޯސް މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާއި އެއްކޮޅަށް ވޯޓުދޭން ނިންމި ނިންމުމާއި ގުޅިގެން މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ނުރުހުން ފާޅުކުރައްވައިފިއެވެ. 

ޗާގޯސް މައްސަލައާއި ގުޅޭގޮތުން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ޗާގޯސް މައްސަލައިގައި ސަރުކާރުން މަޖިލީހާއި އެއްވެސް މަޝްވަރާއެއް ނުކޮށް، އަދި ރައްޔިތުންގެ ރުހުން ހޯދާ ނިންމާލި ނިންމާލުމަކީ ވަރަށް ހައްސާސް ނިންމުމެއްކަމަށެވެ.

އެއީ މަޖީދީ މަގުގެ ގަސްތައް ނެގުން ފަދަ މައްސަލައެއް ނުވަތަ ވެންޓިލޭޓަރުތައް ނުގެނެވުން ފަދަ މައްސަލައަކަށް ވުރެ ބޮޑު ރައްޔިތުންގެ މަސްލަހަތު އިންތިހާއަށް އޮތް ކަމެއްކަމަށް އީވާ ވިދާޅުވިއެވެ. 

މިހާތަނަށް އައިރުވެސް، ސަރުކާރުގެ ވިސްނުން ބަދަލުވި ސަބަބު ސާފުކޮށްދެވިފައި ނުވަނީ އިންތިހާއަށް ކަންބޮޑުވުން އޮތް ކަމެއްގެ ގޮތުގައި އީވާ ފާހަގަކުރެއްވިއެވެ. 

" މި ދައްކަނީ ދިވެހިރާއްޖޭގެ ސަރަހައްދުގެ، ރާއްޖޭގެ އިކޮނޮމިކް ޒޯނުގެ ވާހަކައެއް. އަޅުގަނޑަށްވެސް އެނގޭ ފޮރިން ޕޮލިސީއަކީ ރައީސުލްޖުމްހޫރިއްޔާގެ އިޚްތިޔާރު، އެހެން ނަމަވެސް ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭވަރުގެ ނިންމުމެއް، ކޮންމެސް ދުވަހަކު ގެއްލިދާނެ ވަރުގެ ނިންމުމެއް، އެއީ އެމްއޯޔޫއަކުން ވިޔަސް ބައިނަލްއަގުވާމީ މުއާހަދާއަކުންކަމަށް ވިޔަސް، އދ ގެ ވޯޓަކުންކަމަށް ވިޔަސް، ކޯޓަކުން ވިޔަސް ޓްވީޓަކުން ވިޔަސް، ސިޓީއަކުން ވިޔަސް ދިވެހިރާއްޖޭގެ ސަރަހައްދުގެ ބައެއް ގެއްލޭވަރުގެ ނިންމުމެއް ނިންމަން ޖެހޭނީ އެ ހިސާބަށް ދާ ވަރުގެ ކަމެއްވެސް އަންނަން ޖެހޭނީ ރައްޔިތުންގެ މަޖިލީހާއި މަޝްވަރާކޮށްފަ"

މަޖިލީހުގެ ނައިބުރައީސް އީވާ 

އެއާއެކު އީވާ ވިދާޅުވީ އެމްޑީޕީއަކީ 2018 ގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފ އަތޮޅު ވިއްކާލަން މަސައްކަތްކުރިކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވުމަށް މަގުމައްޗަށް ނިކުން މީހުންކަމަށެވެ. އެހެން ނަމަވެސް މިއަދު ވެރިކަމުގައި ތިބެގެން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ނިންމުންތައް ނިންމަމުންދާއިރު މި ކުރެވެނީ ކޮން ކަމެއްތޯ އީވާ ވަނީ ސުވާލު އުފައްދާފައެވެ. 

"ސޭވް ފާފު" ގެ ނައުމުގައި އެމްޑީޕީއިން ހިންގި މުޒާހަރާއެއްގެ ތެރެއިން 

"އަޅުގަނޑުމެންނަކީ 2018 ގައި ރައީސް ޔާމީން ފ އަތޮޅު ވިއްކާލަން ވީމާ ނިކުތް މީހުން. 'ވަޓް ދަ ފާފު' ވިޔައިފަ ނިކުތް މީހުން. އޭރު ދެކޮޅު  ހެދީ ރައީސް ޔާމީން ފ އަތޮޅު ވިއްކާލަން އުޅުނީމަ އެއް ނޫން، ދެކޮޅު ހެދީ ފައިސާއަށް އެކަނި ވިއްކާލަން އުޅޭތީއެއްވެސް ނޫން. އަޅުގަނޑުމެން ދެކޮޅު ހެދީ މި ސަރުކާރުން ވިޔަސް ރައީސް ޔާމީންގެ ސަރުކާރުން ވިޔަސް ވިއްކާލަން ވިޔަސް، ހިލޭ ސާބަހަށް ދޭން ވިޔަސް ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫވާތީވެ"

މަޖިލީހުގެ ނައިބު ރައީސް އީވާ 

އީވާ ވިދާޅުވީ އެ ކަންކަމާއި ދެކޮޅަށް ވަކާލު ކުރި މީހުން މިއަދު ވެރިކަމުގައި ތިބެގެން ޗާގޯސް މައްސަލައިގައި މި ނިންމި ނިންމުމަކީ މުޑުދާރު ސިފަ ޖެހިފައިވާ ނިންމުމެއްކަމަށެވެ. 

ރައްޔިތުންގެ ރުހުން ހޯދުމަކާއި ނުލާ އެވަރުގެ ނިންމުމެއް ނިންމުގެ ބާރު ގާނޫނުން ސަރުކާރަށް ލިއްބައިދީފައި ނުވާކަމަށާއި، ސަރުކާރުގެ އެ ނިންމުމާއި ދެކޮޅު ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެ މައްސަލައަކީ ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން މަޖިލީހުން ބަލަން ޖެހޭ މައްސަލައެއްގެ ގޮތުގައި އީވާގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
އަސްލު..
މިސަރުކާރަށް އިތުބާރު ކުރެވެނީ، އީވާ އަށް އިތުބާރު ގެއްލުނީ.....
24 Oct 2022
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.